އަންހެނުން ވަރިކޮށްފައި ފޮނުވި ސިޓީއަކަށް ދިން ފުރިހަމަ ޖަވާބު

Loading

Facebook
Twitter
WhatsApp

”އަހަރެން އިނދެގެންހުރި ބައިވެރިޔާއަށް ސަލާމް އަށް ފަހު ބުނަމެވެ.މިސިޓީ އަހަރެން މިލިޔަނީ އަހަރެން ކަލޭ ވަރިކޮށް، ދޫކޮށްލާ ވާހަކަ ބުނުމަށެވެ.
އަހަރުމެން އިނދެގެން މިވީ ހަތްއަހަރުވެސް އަހަރެން ކަލެއާމެދު ކަންތައްތައް ކުރަމުން އައީ ވަރަށް ރަގަޅަށެވެ.ނަމަވެސް މިކަމުން އަހަރެންނަށް ލިބުނު އެއްޗެއް ނެތެވެ.


ފާއިތުވި ދެހަފްތާއަކީ އަހަރެންނަށް ނަރަކައެއްފަދަ ވޭންދެނިވި ދެހަފްތާ އެވެ.ކަލޭވަޒީފާ ދޫކޮށްލައިފި ކަމަށް ކަލޭގެ އޮފީހުގެ ވެރިޔާ މިއަދު ގުޅާފައި ބުންޏެވެ.ކަލޭ ވަރިކުރަން އަހަރެން ނިންމައިގެން ހުރިނަމަވެސް އަމަލީ ފިޔަވަޅު މިއެޅީ މިފޯންކޯލް އާއި ގުޅިގެންނެވެ.
މިދިޔަ ހަފްތާގައި އަހަރެން ބޯކޮށީމެވެ.އެކަމަކު ކަލެޔަށް އެކަމެއް ފާހަގައެއްނުވިއެވެ. އެއްރެޔަކު ކަލެޔަށްޓަކާ އަހަރެން ކެއުމެއްވެސް ތައްޔާރު ކުރީމެވެ.އަދި އައު ސިލްކް ބޮކްސަރެއް ލައިގެން އޮތްކަންވެސް ކަލެޔަށް ފާހަގައެއް ނުވިއެވެ.ކަލޭ ދެމިޓްތެރޭ ކާލައިގެން ގޮސް ޓީވީން ސީރީސް ބަލަން އޮވެފަ ނިދީއެވެ.އަހަރެންދެކެ ލޯބިވާކަމަކަށް މިހާރު ކަލޭ ނުބުނަމު ނޫންހެއްޔެވެ.ދެމީހުންގެ ގުޅުންތައް ވަރުގަދަ ކުރުމަށް ބޭނުންވާ ޖިންސީ ގުޅުން ވެސް މިހާރު ކަލޭ ބޭނުމެއް ނުވެއެވެ.
މިބަދަލު ކަލެޔަށް އަންނަނީ އެހެންޏާ ކަލޭ އެހެން މީހަކުދެކެލޯބިވީއެވެ.ނޫންނަމަ އަހަރެންދެކެ ކަލޭ މިހާރު ލޯބި ނުވަނީއެވެ.މިއިން ކޮންމެ ގޮތެއް ވިއަސް އަހަރެން ދެން މިދިޔައީއެވެ.އަހަރެން ހޯދަން މަސައްކަތް ނުކުރާށެވެ.
ނޯޓް: ކަލޭގެ ކޮއްކޮ އާއި އެކީ އަހަރެން މިއުޅެނީ އެހެން ސިޓީ އަކަށް ބަދަލުވާށެވެ.އުފާވެރި ހަޔާތަކަށް އެދެމެވެ.“
މިސިޓީއަށް އޭނާގެ އަންހެނުން ޖަވާބުލިޔުނެވެ.
”ކުރީގެ ފިރިމީހާއަށް ސަލާމަށްފަހު ބުނަމެވެ.ކަލޭގެ ސިޓީ ލިބި އަހަރެން ހަގީގަތުގައި ވަރަށް އުފާވިއެވެ.އާއެކެވެ.ދެމީހުން އިނދެގެން އުޅޭތާމިވީ ހަތް އަހަރެވެ.ނަމަވެސް ރަގަޅު ފިރިއަކަށް ވުމަށް ކަލޭއަދި ލައްކަ ކަންތައް ކުރަން އެބަޖެހެއެވެ.
އަހަރެން އަބަދު ޓީވީން ސީރީސް ބަލަނީ އެއްވެސް ކަމެއް ހައްލުކޮށްނުދީހުރެ ކަލޭ އަބަދު އެކިކަންކަމާ މައްސަލަ ޖައްސާ ޝަކުވާކުރާ އަޑުނޭހުމަށެވެ.އެކަމަކުވެސް އެއަޑުތައް ނީވޭ ގޮތެއް ވެސް ނުވެއެވެ.
ކަލޭ މިދިޔަ ހަފްތާގައި ބޯކޮށިކަން އަހަރެންނަށް ފާހަގަވިއެވެ. ނަމަވެސް ބޯކޮށީމަ އަހަރެންނަށް ކަލޭ ވައްތަރީ އަންހެނަކާއެވެ.މީހަކާދިމާލަށް ރަގަޅު އެއްޗެއް ނޫނީ ނުބުނުމަށް އަހަރެންގެ މަންމަ ބުނެދީފަ އޮންނާތީ އަހަރެން އެއްޗެއް ނުބުނީ އެވެ.
އަހަރެންނަށްޓަކާ ކެއުމެއް ތައްޔާރު ކުރިއިރު، ކަލެޔަށް މަގޭ ކޮއްކޮއާއި މަށާ އޮޅުނީ ކަމަށް ހީވެއެވެ.މިހެން މިބުނީ ކަލޭ ތައްޔާރުކުރި މަހުގެ ބާވަތް ކެއުން އަހަރެން ވަނީ ހަތް އަހަރުކުރިން ހުއްޓާލާފައި ކަން ކަލޭ ހަނދާން ނެތެވެ.
އައު ސިލްކް ބޮކްސަރު ވެސް ފާހަގަ ނުވާކަމަށް ހެދީ އޭގެ އަގު ކަމަށްވާ 49 ޑޮލަރު ގެ ޓެގްކޮޅު އޭރުވެސް އޭގައި އިނީމައެވެ.އަހަރެންގެ ކޮއްކޮ ހަމަ އެދުވަހު އަހަރެން އަތުން ފަހުން ދޭގޮތަށް 50 ޑޮލަރު ހޯދިއެވެ.މިއީ އިއްތިފާގެއް ކަމަށް އުންމީދު ކުރަމެވެ.
މިހުރިހާކަމެއް ފެންނަމުން ދިޔަނަމަވެސް އަހަރެން ކަލޭދެކެ ލޯބިވީމެވެ.އަދި އަހަރުމެންގެ ކައިވެނި ސަލާމަތް ކުރެވިދާނެކަމަށް ގަބޫލު ކުރީމެވެ.
އަހަރެން ވަޒީފާއިން ވަކިވީ ނަސީބު ކޫޕަނަކުން 10މިލިއަން ޑޮލަރު ލިބުމުންނެވެ.ވަޒީފާއިން ވަކި ވުމަށްފަހު މިލާރިން އަހަރުމެން ދެމީހުންނަށް ރީތި ގައުމެއްގައި ޗުއްޓީ ހޭދަކޮށްލުމަށް ދެޓިކެޓް ގަތީމެވެ. އަދި އެވާހަކަބުނަން ވަރަށް އުފަލުން ގެޔަށް އައިއިރު ކަލޭ ހިގައްޖެއެވެ.
ކޮންމެ ކަމެއްވެސް ވަނީ ރަގަޅަކަށް ކަމަށް ގަބޫލުކުރަމާހެއްޔެވެ.ކަލޭ ތިޔައެދޭ ކަހަލަ ހަޔާތެއް ކޮއްކޮއާއި އެކީ ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.
ކަލޭ އަހަރެންނަށް ލިޔެފައިވާ ސިޓީ އަށް ފަހު، އަހަރެންނަށް މިލިބުނު ލާރިން އެއްވެސް އެއްޗެއް ކަލެޔަށް ނުލިބޭނެ ކަމަށް އަހަރެންގެ ލޯޔަރުވަނީ ބުނެފައެވެ.އެހެންވީމަ މިކަން ދެން މިނިމުނީއެވެ.ކަލޭގެ މިނިވަން އަދި މިހާރު މުއްސަނދި ކުރީގެ އަނބިމީހާ.
ނޯޓު : ކޮއްއަކީ ހަގީގަތުގައި ފިރިހެނެއް ކަން ކަލެޔަށް އިނގޭ ކަމަށް ހީކުރަމެވެ.އޭނާ ނަންބަދަލުކުރީ އަންހެނަކަށް ބަދަލުވުމަށް ކުރި އޮޕަރޭޝަން އަށް ފަހުއެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް

// Function to insert the first ad after the 2nd paragraph function insertFirstAdvertisement() { var adContainer = document.querySelector('.elementor-element-c6809bc'); var firstAdHtml = ` `; var paragraphs = adContainer.querySelectorAll('p'); if (paragraphs.length >= 2) { paragraphs[1].insertAdjacentHTML('afterend', firstAdHtml); } } // Function to insert the second ad after the final paragraph function insertSecondAdvertisement() { var adContainer = document.querySelector('.elementor-element-c6809bc'); var secondAdHtml = ` `; var paragraphs = adContainer.querySelectorAll('p'); var lastParagraph = paragraphs[paragraphs.length - 1]; if (lastParagraph) { lastParagraph.insertAdjacentHTML('afterend', secondAdHtml); } } // Call the function to insert advertisements insertFirstAdvertisement(); insertSecondAdvertisement();