14 މަސްތެރޭގައި 44 މިލިއަން ރުފިޔާ ކުންފުންޏަކަށް ދައްކަން ފެނަކައިގެ މައްޗަށް ހުކުމްކޮއްފި!

Loading

February 12, 2025
Facebook
Twitter
WhatsApp

ފެނަކަ ކޯޕަރޭޝަނުން 14 މަސް ދުވަހުގެ ތެރޭގައި 44 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ކޯޓުން ހުކުމްކޮށްފިއެވެ.

އެގޮތުން ކްލެސިކޯ ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކުން ފެނަކައާ ދެކޮޅަށް ކުރި މި ދައުވާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ކުންފުނިން ފެނަކައަށް ފޯރުކޮށްދީފައިވާ މުދަލަށްވާ 44 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ ފެނަކައާއި ކްލެސިކޯ އާ ދެފަރާތުން އެއްބަސްވި ގޮތަށް 14 މަސް ތެރޭގައި 44 މިލިއަން ރުފިޔާ ކްލެސިކޯއަށް ފެނަކައިން ދައްކައި ހަލާސް ކުރަންޖެހޭނެ ކަމަށެވެ.

ފެނަކައަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާ އެއްކުންފުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް