ރަހީނުން ދޫކޮށްލުން ލަސްވުމާ ގުޅިގެން ޣައްޒާގައި ހަނގުރާމަ ފެށުމުގެ ބިރުހީވެއްޖެ

Loading

February 12, 2025
Facebook
Twitter
WhatsApp

ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުން ލަސްވުމާ ގުޅިގެން އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ އަލުން ފެށިދާނެކަމުގެ ބިރުހީވެއްޖެއެވެ. އެމެރިކާއިން ހަމާސްއަށް ވައުދުތައް ފުއްދުމަށް އިލްތިމާސްކޮށްފައިވާއިރު، އިސްރާއީލުން ދަނީ ބާކީ ތިބި ހުރިހާ އަސީރުން ދޫކޮށްލުމަށް އަންގަމުންނެވެ.

ރަހީނު ދޫކޮށްލުން ހުއްޓިއްޖެ
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރެއިން ގަތަރާއި މިސްރުގެ މީޑިއޭޓަރުން އަންނަނީ ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކާ އިސްރާއީލުން ހިލާފުވެފައިވާ ކަމަށް ބުނެ ހަމާސްއިން ވަނީ ތިން މީހަކު ދޫކޮށްލުން ފަސްކޮށްފަ އެވެ. މި ވާހަކަތަކާ ގުޅޭ ގޮތުން އިސްރާއީލު ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް ރަހީނުކޮށްފައިވާ ހުރިހާ މީހުން ރައްކާތެރިކަމާއެކު ގެންނާނެކަމަށް އިސްރާއީލުގެ ސަރުކާރުން ވަނީ ބުނެފައެވެ.
ސަރަޙައްދީ ޑިޕްލޮމެޓިކް މަސައްކަތްތައް
ޖޯޑަން އާއި މިސްރުން ވަނީ އިތުރަށް ގޯސްވުން ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކޮށްފަ އެވެ. ޖޯޑަންގެ ބޮޑުވަޒީރު ޖައުފަރު ހަސަން ވަނީ ޣައްޒާ އަލުން ބިނާކުރުމުގެ އޮނިގަނޑެއް އެކުލަވާލުމަށް މަޝްވަރާތައް ކުރިއަށްދާކަން ބުނެފައެވެ. މީގެ އިތުރުން މިސްރުން ވަނީ މި ސަރަހައްދު ހަމައަކަށް އެޅުވުމަށާއި އިންސާނީ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް އަމާޒުކޮށްގެން ވަށާޖެހޭނެ ޕްލޭނެއް ހުށަހަޅާފައެވެ.

ރަހީނުން ދޫކޮށްލުމުގެ މަޝްވަރާތައް ހިނގަމުންދާއިރު، ހަނގުރާމަ އެެއްކޮށް ނިމޭނެކާމައި މެދު ވަނީސުވާލު އުފެދިފައިވެ އެވެ. ހާލަތު ދުވަހަކަށް ފަހު ދުވަހެއް ގޯސްވަމުންދާއިރު، ބައިނަލްއަޤްވާމީ އެކި ޖަމިއްޔާތަކުން ކެޑިނޭޅި ދާއިމީ ހައްލެއް ހޯދުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެމެރިކާއިން ޢައްޒާ މީހުން ބޭލުމަށް ހުށަހަޅައިފައިވާ ޕްލޭން ބޮޑެތި ގައުމުތަކުންދަނީ ފާޑު ކިޔަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް