ކެލިފޯނިޔާގެ ގޮނޑުދޮށުން ބައެއް ސަރަހައްދުތަކަށް ރަށްގިރުމުގެ ނުރައްކާ

Loading

February 9, 2025
Facebook
Twitter
WhatsApp

މިހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި މެދުވެރިވި އަލިފާނުގެ ހިތާމަވެރި ކާރިސާއަށްފަހު ލޮސް އެންޖްސްގެ ގޮނޑުދޮށު ބައެއް ސަރަހައްދުތައް އާދަޔާ ޚިލާފުބާރުމިނެއްގައި ކަނޑުތެރެއަށް ރަށްގިރަން ފެށުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހިއްޖެ ކަމަށް ޔޫ އެސް އޭ ޓުޑޭ އިން ހާމަކޮށްފިއެވެ. ނާސާގެ ދިރާސާތަކަށް ހަވާލާ އެ ނޫހުން ބުނެފައިވަނީ މިއީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ގެ ދޮރާއި މުދާ ސަލާމަތްކުރަން އަވަސްވެގަންނަން ޖެހޭ ވަގުތެއް ކަމަށެވެ. މި ނުރައްކާތެރި ކަމުގެ ބިރު ދެކުނު ކެލިފޯރނިޔާގެ ޕާލޮސް ވާޑެސް ކޮމިއުނިޓީއަށް ވަކިން ބޮޑުކަމަށް ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯރެޓްރީގެ ދިރާސާތަކުގައި ބުނެފައި ވެއެވެ. އެ ސަރަހައްދު އޮންނަނީ  ލޮސް އެންޖްލްސް ޑައުންޓައުންގެ ތިރީސްވަރަކަށް މޭލުން ގޮނޑު ދޮށުގައެވެ. 

         

ޕާލޮސް ވާޑެސް ކޮމިއުނިޓީ އަކީ އާންމުގޮތެއްގައި ބިންގަނޑު ކަނޑައިގެންދިއުންވެސް ގިނަ ސަރަހައްދެކެވެ. ފާއިތުވެގެންމިދާ ހަތަރު ހަފުތާގެ ތެރޭގައި ގޮނޑު ދޮށުން 16 އިންޗި ކަނޑުތެރެއަށް ގިރައިގެން ގޮސްފައިވާކަމަށް ރާޑަރ ބޭނުންކޮށްގެން ކުރި ދިރާސާގައި ވަނީ ކަށަވަރު ކުރެވިފައެވެ. މިއީ ވަރަށް އާދަޔާ ޚިލާފް ބާރު މިނެއްގެ ރަށްގިރުމެއްކަމަށްވެސް  އެދިރާސާގައި ބުނެފައި ވެއެވެ.                                   

ޕާލޮސް ވާޑެސް ކޮމިއުނިޓީ އަކީ ބިންގަނޑު ކަނޑައިގެންދިއުމުގެ ނުރައްކާ ކުރިމަތިވަމުންދާ ސަރަހައްދަކަށް ވިޔަސް 2023 ވަނައަހަރު ސެޕްޓެމްބަރު މަހުއްސުރެން ފެށިގެން 2024 ވަނައަހަރުގެ ކުރީކޮޅާހަމަޔަށް ކުރި ވިއްސާރައިގެ ސަބަބުން މިހާރު މިވަނީ ރަށްގިރުމުގެ ނުރައްކާތެރިކާތެރިކަމާވެސް ކުރިމަތިލާން ޖެހިފައެވެ.      

ރަށްގިރަމުންދާ މިންވަރށް ބަލާއިރު އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނާއި ގެދޮރާއި އަދި އެހެނިހެން އިމާރާތްތަކަށްވެސް އޮތީ ނުރައްކާތެރިކަން ކުރިމަތި ވެފައިކަމަށް ޖެޓް ޕްރޮޕަލް ލެބޯރެޓްރީގެ މުޙައްލިލު އެލެގްޒެންޑަރ ހޭންޑްވަރގަރ ބުނެފައިވެއެވެ. 2022 ވަނައަހަރާ އަޅާ ބަލާއިރު މިހާރު އެ ސަރަހައްދު ގިރަމުންދަނީ %80 ބާރު މިނެއްގައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އާންމުކޮށް ބިންގަނޑު ކަނޑައިގެންދާ ސަރަހައްދުވެސް 400 އޭކަރުން 700 އޭކަރަށް އިތުރު ވެއްޖެއެވެ.                            

ރަންޗޯ ޕާލޮސް ވަރޑެސް ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކަރަންޓާއި ގޭސް ފޯރުކޮށްދެމެންގެންދާ ކުންފުނިތަކުން ކުރިމަތިލާން ޖެހުނު ނުރައްކާތެރި ހާލަތާ ގުޅިގެން  އެ ސަރަހައްދުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ކަރަންޓާއި ގޭސް ފޯރުކޮށް ދިނުން ހުއްޓުމަކަށް ގެންނާން ޖެހުނެވެ. އެއަށްފަހު ގަވަރނަރ ގާވިން ނިއުސަމް އަށްމަޖުބޫރުވެގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު ޖޭ ޕީ އެލް ގެ ސާރވޭ ފްލައިޓް ތަކުން ސެޕްޓެމްބަރ 18 ން އޮކްޓޯބަރ 17 ށް ކުރި ސާރވޭގައި ސަރަހައްދުގެ ބިންގަނޑަށް އަންނަމުންދާ ބަދަލުތައް ވަރަށް ނުރައްކާތެރިވެފައިވާކަން ހާމަވެގެން ދިޔައެވެ. އޭގެތެރޭގައި އިމާރާތްތަކަށް ލިބެމުންދާ ގެއްލުމާއި މަގުމަތީ ކަރަންޓް ހޮޅިތައް ގުދުވުމުން އަލިފާނުގެ ބޮޑެތި ހާދިސާތަކަށް މަގު ފަހިވެދާނެކަމަށް ބުނެފައިވެއެވެ.                                                             

އޭގެ ކުޑަ ދުވަސްކޮޅެއްފަހުން ގްރޭޓަރ ޕޯޗްގީޒް ބެންޑްގެ ނަންދީފައިވާ ސަރަހައްދަށް މެދުވެރިވި ބިންގަނޑު ކަނޑައިގެންދިއުމުގެ ސަބަބުން ނުރައްކާތެރިކަން އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައިވާ 23 ފަރާތަކަށް ކެލިފޯރނިޔާ ސްޓޭޓް ސަރުކާރުންނާއި އަދި ފެޑެރަލް އިމަރޖެންސީ މެނޭޖްމެންޓް އޭޖެންސީން 42 މިލިއަން ޑޮލަރުގެ ބައިއައުޓް އޮފައެއް ވަނީ ހުށައަޅާފައެވެ. ބައިއައުޓް އޮފަރ އަކީ އެ ފައިސާބޭނުން ކޮށްގެން އެހެން ސަރަހައްދަކަށް ދިރިއުޅުންބަދަލުކުރުމަށް ހުށައެޅުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް