އަމިން ކޮންސްޓްރަކްޝަނަށް ދައުވާކޮށްފި

Loading

January 22, 2025
sandhaanu news
Facebook
Twitter
WhatsApp

ފީފާ އިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަނާ ދެކޮޅަށް ދައުވާކޮށްފިއެވެ.

މި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރަނީ މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލި ދައުވާގައި ބުނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާއިން 1,919,950 ޑޮލަރު ޖަމާކުރުމުން، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން 1,000,000 ޑޮލަރު ނެގޭ ގޮތަށް ބައްސާމު އެ ކުންފުންޏަށް ދޫކުރި ޗެކުގައިވާ ފައިސާއަކީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ، އެ ފައިސާ އަމިން ކޮންސްޓްރަކްޝަނުން ބަލައިގަނެފައިވާ ކަމަށެވެ. އަދި އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމަށް އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ. މިގޮތުން އެފްއޭއެމްއަށް އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1,000,000 ޑޮލަރު ނަގައިދޭން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ޕީޖީން ފޮނުވި ދައުވާގައި ވަނީ އަމީން ކޮންސްޓްރަކްޝަންގެ އަމަލުގެ ސަބަބުން، ބައްސާމު ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕާޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.

ޕީޖީ އޮފީހުން ވަނީ އެ މައްސަލާގައި އަމިން ކޮންސްޓްރަކްޝަން ހިމެނޭހެން ތިން ފަރާތަކަށް ދައުވާ ކުރަން ހުށަހަޅާފައެވެ.

Loading

2 Responses

  1. ގުޅިގެން އެންމެ ވައްކަން. އަޅެ ހެޔޮނުވާނެ ނޫންތޯ؟ ދައުލަތް މިގޮތަށް ލޫޓުވަން ހެޔޮނުވާނެ ނޫންތޯއެވެ.

  2. އަހާ ސަހަރޯ. އަބުދުއްލާވެސް މިހާރު ހިތްފުރޭވަރެއް ނުވޭތޯއެވެ. ފައިސާ އަކީ މީހުންގެ ބުއްދި ފަހަނައަޅާ ގޮސް މޮޔަކޮށްލާ އެއްޗެއްތާއެވެ. ގާސިމަށްވެސް އަދިވެސް މަދުވެގެން ހަމަ އުފެދޭ ކޮންމެ ސަރުކާރަކާއިގުޅިގެން ބިމެއް ފަޅެއް ބަދަލެއް ހޯދުމުގައި އަވަަދިނެތިއެވެ. ސަހަރޯ ހީވެއެވެ.

Leave a Reply to ޙަސަން މުފީދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް