ދާދިފަހުން ގްރީން ބިލްޑިންގްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައިވާތީ، އެތަނުގެ ހޯލުތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ ތިން މިނިސްޓްރީއެއްގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައިވާތީ އެތަނުގެ ހޯލުތައް ވަގުތީ ގޮތުން ކުއްޔަށް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
މި މަހުގެ ބާރަ ވަނަ ދުވަހު ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގަމުން ދިޔަ ބިލްޑިން އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގަމުން އައި ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީތައް ނުހިންގޭ ވަރަށް އެ އިމާރާތްތައް ވަނީ ހަލާކުވެފައެވެ.