ޣައްޒާގެ ވިއްސިވިހާލިވެފައިވާ އެތައްހާސް ރައްޔިތުން ފިނިމޫސުމުގެ ވޭނުގައި

Loading

Facebook
Twitter
WhatsApp


ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ގޮސް ފޭލިގެ ތަކުގައި އުޅެން މަޖްބޫރުވެފައިވާ ޣައްޒާގެ އެތައްހާސް ރައްޔިތުންނަށް އިތުރު ވޭނަކާ ކުރިމަތިލާން ޖެހިއްޖެއެވެ.އެއީ ފިނިމޫސުމުގެ ގަދަ ފިންޏެވެ.
ހަނގުރާމައިގެ ކުރިން ޣައްޒާގެ އަތިރިމައްޗަކީ ގިނަބަޔަކު ދުވަސް ހޭދަކޮށްލާ މޫދަށް އެރިލާހަދަން ދިޔަތަނެއްނަމަވެސް މިހާރު މުޅިއެހިސާބު ވަނީ ފޭލިގެތަކުން ފުރިފައެވެ. ހަގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހުނު އެތައް ހާސް މީހުންގެ ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ފޭލިގެތަކެވެ.


މިފަދަ އާއިލާތަކަށް މިއަދު ވަނީ ފިނިމޫސުމުގެ ފިނިފިނި ވައިރޯޅިތަކާ އަދި ވިއްސާރަޔާ ކުރިމަތިލާންޖެހިފައެވެ.
ބައެއް މީހުން ކިޔާދީފައިވާގޮތުގައި ޖެހޭގަދަ ވައިރޯޅީގައި އެމީހުންގެ ގޮދަޑިތަކަށް ދަންދެން އެއްލާލައެވެ.އަދި ދިޔަވަރަށްވެސް ވަރަށް ބޮޑަށް ބަދަލު އައިސް ދެމަހުގެ ކުޑަކުއްޖަކު އޮޔާދަނިކޮން ފެނިފައި ވެއެވެ.
އދން ބުނާގޮތުގައި ޣައްޒާގެ މުޅި 2.3 މިލިއަން އާބާދީ އެއްކޮންހެން މިހާރުވަނީ ގެދޮރުދޫކޮށް ގޮސްފައެވެ.އަދި ޝެލްޓަރ ތަކުގައި ދިރިއުޅޭ މީހުންގެ ކޮންމެ ދިހަ މީހަކުން ނުވަ މީހުން އުޅެމުން ގެންދަނީ ފޭލިގެ ތަކުގައެވެ.
ފިނިމޫސުން ލައިގަނެފައިވުމާއިއެކު ފިނިހޫނުމިނަށް އައި ބަދަލާ ގުޅިގެން ގިނަބަޔަކު ބަލިވަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ.އަދި މަތިން ވެހޭ ފެނާއި އަޑިޔަށް ނުގޮސް ހުންނަ ނަޖިސް ފެނުން އެތަންމިތާ ފެންބޮޑުވެފައިވާ ކަމަށްވެސް ޚަބަރުލިބެއެވެ.
ގިނަ ފޭލިގެތަކަކީ ފެން ނުވަނަ ގޮތަށް ހުންނަ ފޭލިގެ ތައްކަމަށް ނުވާތީ ބޯކޮށް ވާރޭ ވެހުމުން ފޭލިގެ ތަކުން ފެންފައިބާކަމަށް ފަލަސްތީން ރައްޔިތުން ކިޔާދީފައިވެއެވެ.މިހެން ވުމުން ގެންގުޅޭ އަންނައުނު ކޮޅަށް ދަންދެން ހުރިހާ އެއްޗެއް ތެމޭ ކަމަށް އެމީހުން ކިޔާދީފައި ވެއެވެ. މިގޮތުން ގެންގުޅޭ ފުށްކޮޅާ ގޮދަޑިތަކާ ތެމި ފެންފޮދު ވެސް ތަޣައްޔަރުވާކަމަށް އެމީހުން ކިޔާދީފައި ވެއެވެ.
ހާލަތު އެންމެ ގޯހީ ޣައްޒާގެ އުތުރުގައި ކަމަށްވާއިރު ހުރިހާ ހިސާބެއްގައިވެސް ކާބޯތަކެއްޗާއި ބޭހާއި ތެޔޮ އަދި ހިޔާވާނޭ ތަންތަނަށް ބޭނުން ޖެހިފައިވާ ކަމަށް އދން ބުނެފައި ވެއެވެ. އެންމެ ހާލަތު ގޯސް ސެންޓްރަލް އަދި ދެކުނު ޣައްޒާގައި ކާއެއްޗެތި ބަހާތަންތަނުގައި ދިގު ކިއޫތައް ހަދާފައި ވާކަމަށް ވެއެވެ.
ފަލަސްތީން ސަރަހައްދު ތަކަށް އެހީގެ ތަކެތި ފޯރުކޮށް ދިނުން ވަނީ މިދުވަސްކޮޅު އަނެއްކާވެސް ވަރަށް ބޮޑަށް މަދުވެފައެވެ. އިޒްރޭލުން ބުނާ ގޮތުގައި މިއީ އެއިޑް އޭޖެންސީތަކުގެ މައްސަލަ އެއްކަމަށާ 800 ޓަރަކްގެ އެހީ ވެއްދުމަށް ހުއްދަ ދީފައިވާނެ ކަމުގައެވެ. އެހީދޭ އޭޖެންސީތަކުން ބުނަނީ އެމީހުން ގެންދާ އެއްޗެތި ހަތިޔާރު ހިފައިގެން އަންނަ ގްރޫޕް ތަކުން ފޭރޭ ކަމުގައެވެ. މިކަމާގުޅިގެން އދގެ އެހީދޭ އެންމެ ބޮޑު ޖަމިއްޔާ ”އަންރުވާ“ އިންވެސް ވަނީ މިވަގުތަށް އެހީގެ މަސައްކަތް މެދުކަނޑާލާފައެވެ.
ޣައްޒާގެ މިއަދުގެ ހާލަތަކީ ކާއެތިކޮޅެއްލިބި، ހިޔާވަހިކަމެއްގައި ދިރި ތިބުމަށްވެސް ވަރުގަދަޔަށް ޖިހާދު ކުރަން ޖެހިފައި ވުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް