ކުޑަ ފިރިހެން ކުއްޖަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

Loading

November 27, 2024
sandhaanu news
Facebook
Twitter
WhatsApp

ކުޑަ ފިރިހެން ކުއްޖަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ، ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ މިފަދަ މައްސަލައެއް މި މަހުގެ 21 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލަ ހުށަހަޅާފައި ވަނީ ކ، އއ، އދ އަދި ވ. އަތޮޅު ހިމެނޭ ނޯތު ސެންޓްރަލް ޕޮލިސްއަށް ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ ފިރިހެން ކުއްޖާއަކީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް ކަމަށާއި އަނިޔާ ލިބުނީ 4 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް