އީރާނުން އިޒްރޭލަށް ހަމަލާ ދީފި

Loading

Facebook
Twitter
WhatsApp

އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.ރޭ ރާއްޖޭ ގަޑިން 10 ޖަހާ އެހާކަންހާއިރު ދީފައިވާ ހަމަލާގައި 180 ވަރަކަށް މިސައިލް އިޒްރޭލްގެ އެކިތަންތަނަށް އަމާޒުކޮށް ވަނީ ފޮނުވާލާފަ ކަމަށް ދެފަރާތުންވެސް ވަނީ ހާމަކޮށްފައެވެ.

ހަމަލާތަކާއި ގުޅިގެން އިޒްރޭލްގެ އަސްކަރިއްޔާއިން ބުނީ ގިނަ މިސައިލްތައް މަތަ ކުރެވިފައިވާކަމަށާ އާންމު މީހަކަށް ގެއްލުމެއް ވެފައިނުވާކަމަށެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ މިސައިލް ތަކުގެ 80 އިންސައްތަ އަމާޒަށް ވާސިލް ވެފައިވާ ކަމަށެވެ.މިގޮތުން އިޒްރޭލުގެ ބައެއް އަސްކަރީ މަރުކަޒަށް ހަމަލާދެވުނު ކަމަށް އީރާނުން ބުނެފައި ވެއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބުނެފައިވާ ގޮތުގައި މިހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ކަމެއް ކޮށްފިނަމަ ތެހެރާނުން ދޭޖަވާބު އަދި މިއަށް ވުރެ މާވަރުގަދަ ވާނެ ކަމުގައެވެ.

އިޒްރާއިލްގެ ޑިފެންސް ފޯސަސް(އައިޑީއެފް) އިންބުނެފައިވާ ގޮތުގައި އީރާނުގެ މިސައިލްތައް އަމާޒު ކޮށްފައިވަނީ މައި ކޮމާޝަލް އަދި ރެސިޑެންޝަލް ސަރަހައްދު ތަކަށެވެ.މިގޮތުން މިސަރަހައްދުތަކުގައި 10 މިލިއަނެއްހާ އާންމުން ދިރިއުޅޭ ކަމަށް ބުނެފައި ވެއެވެ.

އީރާނުން އިޒްރޭލަށް ހަމަލާތައް ދިންތާ މާގިނަ އިރެއްނުވަނީސް އެމެރިކާގެ ވައިޓްހައުސް އިންވަނީ ބަޔާނެއް ނެރެފައެވެ.އަދި މިބަޔާނުގައި އީރާނުގެ މިސައިލްތައް އަމާޒަށް ވާސިލްނުވަނީސް ހަލާކުކޮށް ވައްޓާލުމަށް އިޒްރޭލަށް އެހީތެރިވުމަށް އެމެރިކާގެ އަސްކަރިއްޔާ އަށް ރައީސް ޖޯ ބައިޑަން އަންގަވާފައިވާ ކަމަށް ބުނެފައި ވެއެވެ.

Loading

One Response

  1. އިޒްރޭލުން ބޭނުންވަނީ މެދުއިރުމަތީ ހުރިހާ މުސްލިމްގައުތައް މުސީބާތެއްގެ ތެރޭގައި އުޅުމަށެވެ. އެކެމަށް މަގުކޮށައިދީ ވާގިވެރިވަނީ އެމެރިކާއިންނެވެ. ވީއިރު ދެން ސުލްޙަ ހޯދޭނެގޮތެއް ނެތެއްނޫންތޯއެވެ. ސުލްޙަ ނުހޯދެންޏާ ދެން ވާނެގޮތް އެވަނީއެވެ. ދެރަކަމުގެ ކޮޅެއް ނެތެވެ.
    މާތްﷲގެ ހެޔޮ ރަޙުމަތްފުޅު އިސްލާމުންނަށް ލަހަށްޓްވާށިއެވެ. އާމީން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް