ޖުލައިމަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި އިކްރާމްގެ ބަންދަށް 30 ދުވަސް

Loading

Facebook
Twitter
WhatsApp

މިދިޔަ ޖުލައިމަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސްޕޯޓްސް ކާރު ދުއްވި މީހާ 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ ޖުލައި 31 ވަނަ ދުވަހުއެވެ.

މި އެކްސިޑެންޑުވިއިރު ކާރު ދުއްވި މ.ލޭންޑްއޮފްގާރޑްން، އިކްރާމް އިބްރާހިމް ފިލައިގެން އުޅެނިކޮށް ހަމަ އެރޭގެ ވަގުތެއްގައި ހައްޔަރުކުރިއެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއެވެ.

އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ ދަށު ކޯޓުން އޭނާ ބަންދުކުރަން އަމުރު ނެރެފައިވަނީ ގޯސްކޮށް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އިކްރާމް އަލުން ހައްޔަރުކުރީ މީގެ ދެތިން ދުވަހެއް ކުރިންނެވެ.

ފުލުހުން މިއަދު ބުނީ އިކްރާމްގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ހ.ނޫރަންމާގެއާގެ އިކްރާމުއްރަޙްމާން އާއި ގއ.ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާޢިލް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް