ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މެލޭޝިޔާ ދެ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނަކާއި އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީ މެލޭޝިޔާއަށް ނިސްބަތްވާ ދެ މީހުންނެވެ.

މި ދެ މީހުންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ދެ މީހުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި ދެ މީހުންގެތެރެއިން އެކަކަށް މެލޭޝިޔާ އެމްބަސީގެ މީހަކާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކޯޓުން ދަންނަވާފައިވާކަން ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް