ބީއެމްއެލްގައި ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އައިޝަތު ނޫރައްދީން ބޭންކުގެ ބޯޑުން ވަކިކޮށްފި ކަމަށް ޚަބަރުލިބޭ

Loading

Facebook
Twitter
WhatsApp

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ ގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އެބޭންކުގެ ބޯޑުން ވަކި ކޮށްފި ކަމަށް ޚަބަރުލިބެއެވެ.

މިކަން ހާމަ ކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ”ވިސްލް ބްލޯވާ“ ހަސަން ކުރުސީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ހަސަން ކުރުސީ ގެ ޕޯސްގައި ބުނެފައިވާ ގޮތުގައި މިމަހުގެ މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ބޭންކަށް ޓްރެޝަރީ ބިލް ވިއްކަން އުޅުމުން އެކަމަށް ބޭންކުން ވަނީ އެއްބަސް ނުވެފައެވެ. ބީ.އެމް.އެލް ގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުންވެސް ޓްރެޝަރީ ބިލް ގަތުމަށް ދެކޮޅު ހަދާފައިވާ ކަމަށް ހަސަން ކުރުސީ ބުނެފައި ވެއެވެ. އަދި އެދެބޭންކުންވެސް މިއީ ވަރަށް ”ރިސްކީ“ ކަމެއްގެ ގޮތުގައި ސިފަ ކޮށްފައިވާ ކަމަށް ކުރުސީގެ ޕޯސްޓް ގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އައިޝަތު ނޫރައްދީންގެ ބޭންކިންގ ޚިދުމަތުގެ ކުރު ތަފްސީލް ކޮޅެއްވެސް ހަސަން ކުރުސީގެ ޕޯސްޓްގައި ގެނެސްދީފައި ވެއެވެ.  

އެލިއުމުގައި ވާގޮތުން އައިޝަތު ނޫރައްދީން ބޭންކް އޮފް މޯލްޑިވްސްގައި ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 1982 ވަނަ އަހަރުއެވެ.އަދި މިއަދު އޭނާ ހުންނެވީ ބޭންކުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ.

ބޭންކިންގ އިންޑަސްޓްރީގައި އައިޝަތު ނޫރައްދީން ޚިދުމަތް ކުރައްވާފައިވާ ދިގު މުއްދަތުގައި ބޭންކުގެ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރައްވާފައި ވެއެވެ.އޭނާ ފުރުއްވާފައިވާ ބޭންކުގެ އިސް މަގާމު ތަކުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން އެކްޓިންގ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުކަން ހިމެނެއެވެ. މީގެ އިތުރުން ބޯޑް އޮފް ޑައިރެކްޓަރސް އަށް ސަރުކާރުން އައްޔަން ކުރާ މެމްބަރު ކަން 2008ން 2014 އަށް ފުރުއްވިއެވެ.

2019 ވަނަ އަހަރު ބޭންކް ހިންގުމުގައިވެސް އެންމެ އިސް ފަރާތެއްގެ ގޮތުގައި އެއަހަރުގެ ޖުލައިމަހު ޓިމޮތީ ސޯޔާ ސީއީއޯގެ މަގާމަށް އައްޔަން ކުރަންދެން އައިޝަތު ހުންނެވިއެވެ.

14 ޖުލައި 2022ން ފެށިގެން 18 އޮކްޓޯބަރު 2022ގައި މިހާރުގެ ސީއީއޯ ކާލް ސްޓުމްކޭ ސީއީއޯގެ މަގާމަށް އައްޔަން ކުރަންދެންވެސް ބޭންކް ހިންގުމުގައި އެންމެ އިސްކޮން ހުންނެވީ ވެސް އައިޝަތު ނޫރައްދީން އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކުރިޔަށް ގެންދާ ”އެވޯޑް ވިނިންގ“ އިންޓަރނޭޝަނަލް ބޭންކިންގ ބިޒްނަސް ތައާރަފް ކުރުމުގައި އައިޝަތު ނޫރައްދީން އިސްރޯލެއް އަދާ ކުރައްވާފައި ވެއެވެ.

އައިޝަތު ނޫރައްދީންގެ ޝެއާ ބޭންކުގައި ނޯންނަ ކަމަށްވެސް ޕޯސްޓުގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް