ޕީޖީ ޝަމީމް އިސްތިއުފާ ދެއްވައިފި

Loading

August 22, 2024
sandhaanu news
Facebook
Twitter
WhatsApp

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕީޖީ އޮފީހުން މިރޭ ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕީޖީ ހުސެއިން ޝަމީމު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެގޮތުން ޕީޖީ ޝަމީމް އިސްތިއުފާ ދެއްވާފައި ވާތީ ، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑައިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަޙްމޫދް ސަލީމް ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައި ވެއެވެ.

ޕީޖީ ޝަމީމް އިސްތިއުފާދެއްވާފައި މިވަނީ އޭނާ ވަކިކުރަން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނިކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް