ތިލަފުށީގައި ހުރި ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Loading

August 22, 2024
sandhaanu news
Facebook
Twitter
WhatsApp
ފޮޓޯ:ފެށުން

ކ. ތިލަފުށީގައި ހުރި މެރިންޑޯ ވޯކްޝޮޕްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ރޯވެފައި ވަނީ ތިލަފުށީގައި ހުންނަ މެރިންޑޯ މެރިންވޯކްސްގެ ވޯކްޝޮޕްގައެވެ. އެމްއެންޑީއެފުން ދެންމެ ބުނީ މި ހާދިސާގައި ދިވެއްސަކަށް ދުމުގެ އަސަރުކޮށްގެންނާއި ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލް ލިބުމުން ހިއްސާ ކުރާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ

 ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ތިލަފުށީގެ ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ، ދުން އަރަމުންދާ މަންޒަރު ފެނެެއެވެ. އަދި އަލިފާން ނިއްވުމަށް ފަޔާ ސެންޓަރުން ހަރަކާތްތެރިވަމުން އަންނަ މަންޒަރުވެސް ފެނިފައި ވެއެވެ.

.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް