ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރާ ބާ ކައުންސިލުގެ މެމްބަރު ކަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ބާކައުންސިލުން ބަންޑާރަ ނައިބު އުނިކުރަން ގާނޫނަށް ގެނައި އިސްލާހު ހުށަހަޅާފައި ވަނީ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފްއެވެ.
ބާކައުންސިލުން ބަންޑާރަ ނައިބު ވަކި ކުރަން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.
މީގެ އިތުރުން ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން އެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާތީ، އެ މެންބަރުންނަށް ފުރިހަމަ މިނިވަންކަމާއެކު ރައުޔު ހާމަ ކުރަން ދަތިވާ ކަމަށެވެ.
ހަމަ އެހެންމެ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ގިނަ ބައްދަލުވުންތަކަށް ވަގުތު ނުދެވޭކަންވެސް ސިރާޖު ވަނީ ވަނީ ފާހަގަ ކުރައްވާފައެވެ.
ބާ ކައުންސިލުން ބަންޑާރަ ނައިބު އުނި ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައި ވާއިރު ބަންޑާރަ ނައިބު އިންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ބަންޑާރަ ނައިބު އުޝާމްވެސް ވަނީ ވިދާޅުވެފައެވެ.