އީރާންގައި ބަހެއް ފުރޮޅާލުމުގެ ސަބަބުން 28 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ދީނީ އަޅުކަމެއްގައި ބައިވެރިވުމަށް ދިޔަ ބަޔަކު ގޮވައިގެން ދަތުރު ކުރި ބަހެއް ފުރޮޅާލުމުގެ ސަބަބުން 28 މީހުން މަރުވެއްޖެއެވެ.އީރާނުގެ ޔަޒްދް ޕްރޮވިންސްގައި އަންގާރަ ދުވަހުގެ ރޭ މި ހާދިސާ ހިނގަން މެދުވެރިވީ ބުރަކި ފެއިލް ވެގެން ކަމަށް ޚަބަރުތައް ބުނެއެވެ.

ބަސް ދަތުރު ކުރީ ޕާކިސްތާންގެ ސިންދު ޕްރޮވިންސުން އީރާން ހުރަސްކޮށް އިރާގްގެ ދީނީ މަގްބަރާއެއް ހުންނަ ކަރްބަލާ އަށް ދިއުމަށް ކަމަށްވެއެވެ.އެއީ ޝިއީންގެ ދީނީ އަޅުކަމެއްގައި ބައިވެރި ވުމަށް ދިޔަ މީހުން ގޮވައިގެންނެވެ.

ބަސްފުރޮޅާލުމުގެ ހާދިސާގައި މަރުވި 28 މީހުންނަކީވެސް ޕާކިސްތާން މީހުންނެވެ.މަރުވި މީހުންގެ އިތުރުން 23 މީހުންނަށް ވަނީ އަނިޔާތައް ލިބިފައެވެ.ބައެއްމީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައިވާ ކަމަށް ވެއެވެ.

ޕާކިސްތާންގެ ޑޯން ނިއުސްއާއި ހަވާލާދީ ބީބީސީ ބުނެފައިވާ ގޮތުގައި ބަހުން ޖުމްލަ 53 މީހުން އައީ ދަތުރު ކުރަމުންނެވެ.އޭގެތެރޭގައި ޕާކިސްތާންގެ ހަތަރު ސިޓީ އަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

މި ހާދިސާއާއި ގުޅިގެން ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރްދާރީ ވަނީ މަރުވި މީހުންގެ ހަށިތައް ގައުމަށް އަނބުރާ ގެންދިއުމުގެ ކަންތަކާއި އަނިޔާވި މީހުންގެ ފަރުވާގެ ކަންތައް ހަމަޖައްސާ ދިނުމަށް ފޮރިންމިނިސްޓްރީއަށް އަންގަވާފައި  ވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އީރާންގައި ހުންނަ ޕާކިސްތާންގެ ކޮންސިއުލޭޓުންވެސް ދަނީ އީރާންގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެހީގެ މަސައްކަތް ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް