ޖަޕާނުގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ އޮޓާނީ ޓްރޭޑިން ލިމިޓެޑުން ވިޔަފާރިތަކަށް އެމީހުންގެ ”ފުޑް ޓްރިޕް“ ވެބްސައިޓުގައި ކާބޯތަކެތީގެ އުފެއްދުންތައް ދައްކާލުމުގެ ފޯރިގަދަ ފުރުސަތެއް ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައި ވަނީ 1 އޭޕްރީލް 2024 އިން 31 މާޗް 2025 އަށް ”ފުޑް ޓްރިޕް“ ގައި ބީޓުބީ ޕްލެޓްފޯމް މެދުވެރިކޮށެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ކުންފުނިތަކަށް ކާބޯތަކެތީގެ އުފެއްދުންތައް އެއްވެސް އަގެއް ނުލައި އިޝްތިހާރު ކުރެވޭނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އިސްނެގުމަކީ ޖަޕާނުގެ މާކެޓަށް ވަދެ، އެމީހުންގެ ވިޔަފާރި ހުށަހެޅުންތަށް ހޯދަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރާނީ ”ފުޑް ޓްރިޕް“ ޕްލެޓްފޯމް https://www.food-trip.jp މެދުވެރިކޮށެވެ.