އެންޑީއެމްއޭއިން 49 ބާވަތެއްގެ ޞިއްޙީ ސާމާނު އެމްއެންޑީއެފަށް ހަދިޔާކޮށްފި

Loading

August 20, 2024
sandhaanu news
Facebook
Twitter
WhatsApp

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެމްއެންޑީއެފަށް49 ބާވަތެއްގެ ޞިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ.

އެންޑީއެމްއޭއިން ހަދިޔާކުރި ޞިއްޙީ ސާމާނުގެ ތެރޭގައި ހޮސްޕިޓަލް ވޯޑުގައި ބޭނުންކުރާ އާލާތްތަކާއި، އޮޕަރޭޝަން ތިއޭޓަރުގައި ބޭނުންކުރާ އާލާތްތަކާއި، އެނދުމަތިކޮށްފައި ތިބޭ ބަލިމީހުން މޮނިޓަރކުރާ މެޝިނާއި، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި، ބޮޑީ ކަވަރ ފަދަ ސާމާނު ހިމެނެއެވެ.

މިތަކެތި ހަވާލުކުރުމަށް މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އެމްއެންޑީއެފަށް ޞިއްޙީ ސާމާނު ހަދިޔާކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް، އާއިޝަތު ޞަފޫރާއެވެ. އަދި، އެމްއެންޑީއެފުން އެ ސާމާނާ ހަވާލުވެލެއްވީ އެމްއެންޑީއެފް މެޑިކަލް ކޯގެ ސާޖަން ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޢަލީ ޝާޙިދު މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ފާޠިމަތު މިޒުނާ ޢަލީއާއި، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް، ޙިސާން ޙަސަންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންގެ އިތުރުން އެންޑީއެމްއޭގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް