ކުއްލި ހާލަތްތަކުގައި ފަސޭހަކޮށް ދިނުމަށް ޤައުމީ ހެލްޕްލައިނެއް ޤާއިމު ކުރަނީ

Loading

August 20, 2024
sandhaanu news
Facebook
Twitter
WhatsApp

ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ޙިދުމަތް ފޯރުކޮށްދިނުމަށް ޝޯޓްކޯޑް ލައިނެއް ޤާއިމް ކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއިއެކު މަޝްވަރާ ކުރައްވައިފިއެވެ.

މި ހެލްޕް ލައިން ގާއިމްކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

ރައްޔިތުންނަށް ދިމާވާ އިމަރޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމް ކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ މިނިސްޓްރީ އޮފް ހެލްތުންނެވެ.

މި މަޝްވަރާގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޑރ. ޚަލީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އަދި ސިފައިންގެ އިސްވެރިންގެ އިތުރުން ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް