ކޮލްކަތާ ރޭޕް ކޭސް :މައްސަލަ ބެލުމަށް ކުޅަދާނަ އަންހެން އޮފިސަރަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ކޮލްކަތާގެ ހޮސްޕިޓަލެއްގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް ރަހުމުކުޑަގޮތަކަށް މަރާލާފައިވާ މައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައި މައްސަލަ ބެލުމަށް،މިޒާތުގެ މައްސަލަތައް ބެލުމަށް ކުޅަދާނަކަމަށް މަޝްހޫރު އަންހެން އޮފިސަރަކާ ހަވާލުކޮށްފިއެވެ.
ރޭޕް ގެ މައްސަލައިގައި މުޅިއިންޑިޔާގައި މިހާރު ގެންދަނީ ޑޮކްޓަރުންނާއި އަންހެނުން އިހުތިޖާޖުތަކާ ހަޅުތާލުތައް ކުރަމުންނެވެ. މިމީހުން ގޮވަމުން ދަނީ މި މައްސަލަ އިންސާފްވެރިކޮން ބަލާދިނުމަށާ އަންހެނުންނަށް ރައްކާތެރިކަން ޔަގީންކޮށް ދިނުމަށެވެ.
މިމަހުގެ ނުވަވަނަ ދުވަހު ހިންގި މިއަމަލުގެ މުޅި މެޑިކަލް ކޮމިޔުނިޓީ އާއި އާންމު ރައްޔިތުންގެ މެދުގައިވެސް ދަނީ ރުޅިވެރިކަމުގެ ރޫހެއް ފެތުރެމުންނެވެ. މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބެލުމަށް ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން(ސީބީއައި) އާއި ހަވާލު ކޮށްފައެވެ.އަދި ސީބީއައި އިން މިހާރު ވަނީ މިފަދަ ތަހުގީގު ތަކުގައި އަރާހުރި އަންހެން އޮފިސަރެއް ކަމަށްވާ ސީމާ ޕަހޫޖާ ކިޔާ އޮފިސަރަކާ ތަހުގީގު ހަވާލު ކޮށްފައެވެ.


ސީމާއަކީ ސްޕެޝަލް ކްރައިމް ޔުނިޓްގައި މަސައްކަތް ކުރަމުން އަންނަ، އަދި މިފަދަ އުނދަގޫ މައްސަލަ ތައް ބެލުމުގެ ތަޖުރިބާ ހުރި އޮފިސަރެކެވެ.
ސީމާ ޕަހޫޖާ އަށް ވަނީ އާދަޔާޚިލާފް ތަހުގީގީ މަސައްކަތް ތަކެއް ކޮށްގެން ދެފަހަރު ގޯލްޑް މެޑެލްވެސް ލިބިފައެވެ. އޭނާގެ މަސައްކަތުގައި ސައިންޓިފިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން މައްސަލަ ތައް ސާބިތު ކުރާކަމަށް ވެއެވެ.
ކެރިއަރގެ ކޮންމެވެސް ހިސާބަކުން އާއިލީ ޒިންމާ ގެ ސަބަބުން އޭނާ ރިޓަޔަރ ކުރިއެވެ. ނަމަވެސް ސީބީއައި އިން އައީ އޭނާ މަސައްކަތުގައި ދެމިހުރުމަށް އެދެމުންނެވެ.
އޭނާއަކީ އެއްވެސް ބޭރުގެ ނުފޫޒަކަށް ލެނބުމެއްނެތި މައްސަލަތައް ބަލާ ފަރާތެއްގެ ގޮތުގައި ވަނީ މަޝްހޫރުވެފައެވެ.
ރޭޕްކޮށްފަ މަރާލާފައިވާ ޒުވާން ޑޮކްޓަރުގެ މައްސަލައިގައި ޑޮކްޓަރުން އެންމެ ފަހުންވެސް ބުނެފައިވާ ގޮތުގައި މިކަމުގައި ކަންތައް ބޮޑުވަނީ ފުލުހުން ހިމެނޭ ގޮތުން އިދާރާތަކުން މައްސަލަ ފަސްއަޅާ އޮއްބާލަން އުޅޭތީ އެވެ.ޑޮކްޓަރުން ފާހަގަ ކޮށްފައިވާ ގޮތުގައި ހަށިގަޑު އަންދާލަން ގެންދިޔަ ތަނުގައިވެސް އެހެން ބޮޑީ ތައް ހުއްޓާވެސް އަވަސް އަވަހަށް ވަނީ ޑޮކްޓަރުގެ ބޮޑީ އަންދާލާފައެވެ. މިކަމުންވެސް މައްސަލަ ފޮރުވަން އުޅޭކަން ޔަގީންވާކަމަށް އިހުތިޖާޖް ކުރަމުންދާ ފަރާތްތަކުން ދަނީ ބުނަނުންނެވެ.
އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި ޑޮކްޓަރު ރޭޕްކުރުމުގައި ބައިވެރިވި އެކަކު ގެއަށް އައިސް ނިދާފަ އޮއްވާ އޭނާގެ ފޯނު ނެގި މީހަކަށް ވަނީ އެއަމަލު ހިންގަނިކޮން ނަގާފައިވާ ވީޑިއޯ ތަކެއް ފެނިފައި ކަމަށްވެއެވެ. އަދި އެއާއިލާއިން ވަނީ ފުލުހުންނަށް ވީޑިއޯތައް ހިއްސާކޮށްފައެވެ.
ބައެއްޚަބަރުތައް ބުނާގޮތުން ފޯނުގެ ވެރިފަރާތުގެ ބައްޕަ ވަނީ ވީޑިއޯތައްފެނި ހިތާމަކޮށް ރޮއި އަދި ފަހުން ރުޅިއައިސްގެން ދަރިފުޅުގައިގައި ތަޅައިގަތްގަތީނުން މަރާވެސް ލާފައެވެ. އަމިއްލަ ގޭގައި އަންހެން ކޮއްކޮއިންނާއި މަންމަވެސް އިންއިރު،ޝައިތާނަކު ނޫނީ އަންހެނަކާ ދެކޮޅަށް މިފަދަ އިހާނެތި އަމަލެއް ނުހިންގާނެކަމަށާ މަގޭދަރިއެއްގެ ގޮތުގައި ޝައިތާނަކު ބަހައްޓަން ބޭނުން ނޫން ކަމަށް ބައްޕަ ބުނި ކަމަށްވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް