މާލޭގެ މަގުމަތީގައި ދިރިއުޅޭ ބުޅާތައް މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކޮށް އިމިގްރޭޝަނުން ހޯދަން އިއުލާން ކުރި ބިދޭސީ މީހާ ހައްޔަރުކޮށްފިއެވެ.
ރޭގެ ވަގުތެއްގައި އިމިގްރޭޝަނުން ހޯދަން އިއުލާންކުރީ ބަންގްލަދޭޝަށް ނިސްބަތްވާ އަރްފާތް ހޮސެއިން، 32އ އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އަރަފާތު ހުސެއިން، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނުކޮށްފައިވަނިކޮށް އިމިގްރޭޝަންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިމިގްރޭޝަނުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ދިލްބަހާރު މަގުގައި ހުންނަ ބޯކޮށައިދޭ ތަނަކުން މިއަދު ހެނދުނު 10:33 ހާއިރުއެވެ. ބެލެވޭ ގޮތުގައި އޭނާ އެތަނަށް ގޮސްފައި ވަނީ ސިފަ ބަދަލުކުރުމަށެވެ.