އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެމިލީ ކޯޓު ގުޅިގެން ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ބާއްވާ ފޯަރަމް’މަވައްދަތު’ގެ ފުރަތަމަ ފޯރަމް ބާއްވައިފިއެވެ.
މި ފޯރަމް ބާއްވާފައި ވަނީ ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. އަދި މި ފޯރަމްގައި މަޢުލޫމާތުދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.
މި ފޯރަމްގައި ގިނަ ބަޔަކު ބައިވެރި ވެފައި ވެއެވެ. ރޭގެ ފޯރަމްގައި އަލިއަޅުއްވާލާފައި ވަނީ ”“ކައިވެނީގެ ކުރިން“ މި މަޢުޟޫއުއަށެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކުރިއަށް އޮތްތާގައި ކައިވެންޏާއި ގުޅޭ އެކި މަޢުޟޫއުއަށް މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.