ކެނެޑާ އިން ޔަހޫދީ 2ޖަމާއަތަކަށް ދެމުން އައި "ޓެކްސް އެގްޒެމްޕްޓް" ސްޓޭޓަސް އުވާލައިފި

Loading

Facebook
Twitter
WhatsApp

ކެނަޑާއިން ޔަހޫދީ 2ޖަމާއަތަކަށް ދެމުން އައި ޓެކްސް ނުދެއްކުމުގެ ލުޔަށް ނިމުން ގެންނަކަން ކެނަޑާއިން އިއުލާން ކޮށްފިއެވެ.އެދެޖަމާއަތަކީ ޖުވިޝް ނެޝަނަލް ފަންޑް ކެނެޑާ“ އަދި ”ނޭމަން ފައުންޑޭޝަން“ އެވެ. ކެނެޑާ ރެވެނިއު އޭޖެންސީން މިކަން އިއުލާން ކޮށްފައިވިވަނީ މިދެޖަމާއަތުން އިސްރާއިލުގެ މިލިޓަރީ ހަރަކާތްތަކަށް ތާއީދުކުރާ ކަމަށް އަޑުފެތުރިފައިވާ ވަގުތެއްގައެވެ.  

މިދެ ގްރޫޕަށް ދީފައި އޮތް އިނާޔަތެއް ކަމަށްވާ ”ޓެކްސް އެގްޒެމްޕްޓް ސްޓޭޓަސް“ ނުވަތަ ޓެކްސް ނުދެއްކުމުގެ ލުއި އުވާލި ވަކި ސަބަބެއް ކެނެޑާއިން ހާމަ ކޮށްފައެއް ނުވެއެވެ.

ފަލަސްތީނަށް ތާއީދުކުރާ ގްރޫޕް ތަކުން ބުނީ މިފިޔަވަޅު އަޅާފައިވަނީ އެފަރާތްތަކުން ޓެކްސް އޮތޯރިޓީ ތަކަށް ޝަކުވާ އުފުލުމުން ކަމުގައެވެ.

މިފިޔަވަޅާ ގުޅިގެން ޖުވިޝް ނެޝަނަލް ފަންޑުން ބުނެފައިވަނީ މައްސަލަ ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމުގައެވެ. އަދި ކެނެޑާ ރެވެނިއު އޭޖެންސީން އައު ގަވާއިދު ހެދުމުގެ މާކުރިން އެދެޖަމާތުގެ މަސައްކަތަށް ރުހުން ލިބިފައިވާ ކަމަށް އެދެޖަމާއަތުން ބުނެފައި ވެއެވެ. އަދި އެދެޖަމާއަތުގެ މަސައްކަތްތަކަށް ކެނެޑާގެ އެއްލައްކަ މީހުން ތާއީދު ކުރާކަމަށް ބުނެފައި ވެއެވެ.

ޗެރިޓަބްލް ނުވަތަ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތެއްކަމަށް ދައްކައިގެން ޓެކްސް ނުދައްކާ ހަރުކަށި އަމަލް ތަކަށް ސަޕޯޓް ކޮށް އެފަދަ ކަންކަމަށް ޚަރަދު ކުރަމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް