މިއަދަކީ ބައިނަލްއަޤްވާމީ ވައަތް ތެރިންގެ ދުވަހެވެ.
ބައިނަލްއަޤްވާމީ ވައަތް ތެރިންގެ ދުވަސް ފާހަގަކުރަނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އެވެ.
މި ދުވަހަކީ ދުނިޔޭގެ ވައަތް ތެރިންނަށް ޚާއްސަކޮށް ފާހަގަކުރާ ދުވަހެކެވެ.
މި ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 1976 ވަނަ އަހަރު އެމެރިކާގައި ލެފްޓް-ހެންޑާސް ކްލަބް އުފެއްދެވި ޑީން އާރް ކެމްޕެލް އެވެ. ވައަތް ތެރިއެއް ކަމަށްވާ ކެމްޕެލް ބޭނުންވީ ކަނާތާއި ވައަތް ބޭނުންކުރުމުން ލިބޭ ފައިދާތަކާއި ގެއްލުންތަކާއި މެދު މީހުން ހޭލުން ތެރިކުރުވުމެވެ.
އެގޮތުން މި ދުވަސް ފާހަގަކުރުމުގެ މަޤްސަދުގައި ވައަތާއި ބެހޭ ގޮތުން އުފެދިފައިވާ ވާހަކަތަކާއި ގޯސް ވިސްނުންތައް ދޮގުކޮށް، އެކި ދާއިރާތަކުން ވައަތްތެރިންގެ ޚިދުމަތްތައް ފާހަގަކުރުން ހިމެނެއެވެ.
ހަމައެހެންމެ ކަނައަތުން މަސައްކަތް ކުރާ މީހުންނަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ޓޫލްސް ބޭނުން ކުރުމުގައި ވައަތުން މަސައްކަތް ކުރާ މީހުންނަށް އާންމު ދިރިއުޅުމުގައި ގިނައިން ދިމާވާ ދަތިތަކާ މެދު ހޭލުންތެރި ކުރުވުން ވެސް މި ދުވަސް ފާހަގަކުރުމުގެ މަޤްސަދުގައި ހިމެނެއެވެ.
ވައަތްތެރިންނަކީ އާބާދީގެ ގާތްގަނޑަކަށް 10 އިންސައްތަ އެވެ. އެހެން ކަމުން ގިނަ އެއްޗެހި ފަރުމާކޮށްފައި ހުންނަނީ ކަނައަތްތެރިންނަށް ޚާއްސަކޮށް ކަމުން ގިނަ ފަހަރަށް ވައަތް ތެރިން އަމިއްލައަށް ކަންކަން ބެލެހެއްޓުމަށް ދޫކޮށްލަ އެވެ.
ނަމަވެސް ވައަތް ނުވަތަ ކަނާތްތެރި އަކަށް ވުމަކީ އެއްވެސް މީހެއްގެ ކާމިޔާބީގެ މަގުގައި ހުރަހަކަށް ވާންޖެހޭ ކަމެއް ނޫނެވެ. މީގެ އެއް ހެއްކަކީ ދުނިޔޭގެ އެންމެ ކުޅަދާނަ ކާމިޔާބު ބައެއް މީހުންގެ ތެރޭގައި ވައަތް ތެރިންވެސް ހިމެނޭތީއެވެ.
ވައަތްތެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތައް
ވައަތްތެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދި ބައެއް މަހުޖަނުން ހިމެނެއެވެ. އޭގެ ތެރޭގައި މައިކްރޯސޮފްޓުގެ ފައުންޑަރ ބިލް ގޭޓްސް އާއި ފޭސްބުކުގެ ފައުންޑާ މާކް ޒުކަބާގް އަދި އެޕަލްގެ ކޯ ފައުންޑާ ސްޓީވް ޖޮބްސް ހިމެނެއެވެ.

ހަމައެހެންމެ ފާހަގަކޮށްލެވޭ އިތުރު ޝަހުސިއްޔަތުތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި ޖޯޖް ޑަބްލިޔު ބުޝް އަދި އިނގެރޭސި ވިލާތުގެ ޝާހީ އާއިލާގެ ތެރެއިން ޕްރިންސް ވިލިއަމް،ކްއީން އެލިޒަބަތު ދޭއް، ކުއީން ވިކްޓޯރިއާ އަދި ޕްރިންސް ޖޯޖް ހިމެނެއެވެ.

މީގެ އިތުރުން އެންމެފުރަތަމަ ހަނދަށް ދިޔަ އެމެރިކާގެ އެސްޓްރޯނޯޓް ނީލް އާމްސްޓްރޯންގް އަދި ގޯލްޑެން ގްލޯބް އެވޯޑް ހާސިލްކޮށްފައިވާ އެކްޓްރެސް އެންޖެލީނާ ޖޯލީ އާއި ލޭޑީ ގާގާ ހިމެނެއެވެ.
2 Responses
ބައިނަލްއަޤްވާމީ ނޭވާލާ މީހުންގެ ދުވަސް އަދި ގިނައިން ކާމީހުންގެ ދުވަސް ކޮބާ?
ޑިއޭގޯ މަރަޑޯނާ، ލިއޮނަލް މެސީ…މ