އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދުގެ ލައިވްގައި އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް އަރުވަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްީން ބުނީ މިއަދުގެ ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވުޒާރާގެ ފޭސްބުކް ޕޭޖުގެ ލައިވް އަދި އިސްލާމީ މަރުކަޒުގައި ބަހައްޓާފައިވާ ޓީވީތަކުން ގެނެސްދީފައިވާ ކަމަށެވެ.
މިކަންހާމަކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާއިން ފެށިގެން ޓީވީ ޗެނަލްތަކަށްވެސް ތަރުޖަމާގެ ފީޑު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ މިއަދުގެ ހުކުރު ޚުޠުބާއަކީ ފުރަތަމަ ފަހަރަށް އަންހެން ޢިލްމުވެރިއަކު ލިއުއްވި ހުޠުބާއެއްކަން ފާހަގަކޮށްފައެވެ. މިއަދުގެ ޚުޠުބާ ލިޔުއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޒް ހައްވާ ލަޠީފްއެވެ.