އީރާނުން އިސްރާއީލަށް ރައްދު ދޭނީ ބައިނަލްއަގްވާމީ ޤާނޫނުތަކާއެއްގޮތްވާ ގޮތުގެ މަތިން

Loading

Facebook
Twitter
WhatsApp

ޔަހޫދީ އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކަށް އިރާނުން ދޭ ހަމަލާ ރައްދު ވާނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ހައި ކައުންސިލް ފޯ ހިއުމަން ރައިޓްސްގެ ސެކްރެޓަރީ ކާޒެމް ޣަރީބާބާދީ ވިދާޅުވެއްޖެ އެވެ.

މުސްލިމުން ޝަހީދުކޮށް އީރާނުގެ އެކި ވަސީލަތްތައް ސުންނާފަތިކޮށް ޒަޔަނިސްޓް ވެރިކަމުގެ ސުލޫކުގެ މައްޗަށް ބިނާކޮށް ހަމަލާތައް ދީފައިވާއިރު އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާގައިވާ ގޮތުން ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް އީރާނަށް ޖަވާބުދާރީވުމުގެ ހައްގު ލިބިގެންވާ ކަމަށް ޣަރީބާބާދީ ވިދާޅުވި އެވެ.

އީރާނުން ދޭ ރައްދުގެ ބާވަތް ބިނާވެގެންދާނީ ސަރުކާރާއި ކަމާބެހޭ އޮފިޝަލުންގެ ޚިޔާލަށް ނަމަވެސް، ޓެރަރިޒަމްގެ މި ޖިނާއީ އަމަލަށް އިސްލާމީ ޖުމްހޫރިއްޔާއިން ދޭ އެއްވެސް ރައްދަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އދ.ގެ ހައްގުތަކާ ޚިލާފުވާގޮތަށް ދޭނެ ހަމަލާތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކާޒެމް ޣަރީބާބާދީ ވަނީ އިސްރާއީލުން އިރާންގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދު ކޮށްލާފައިވާ ކަމަށާއި މައުސޫމް އަންހެނުންނާއި ކުޑަކުދިން މަރަމުން އަންނަ ކަން ފާހަގަކުރައްވާފައެވެ. އަދި އެއީ ޔަހޫދީންގެ ވެރިކަމުގެ ބާރުގެ ނިޝާނެއް ނޫން ކަމަށާއި އެއީ ޔަހޫދީންގެ ބަލިކަށިކަމުގެ ނިޝާނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Loading

3 Responses

  1. އީރާނުން ތަޅާފޮޅާކަށް ބޭނުމެއް ނުވެއެވެ. އެހެނަސް އެމެރިކާގެ ފަނާކުރަނިވި އެޖެންޓް އިސްރާހެލްގެ ނަތަންޔާހޫ ހައްދުފަހަނައަޅައިފާވާ ބައިގެންޑު އެނޫން އެހެންގޮތެއް ނެތިގެން ތެޅޭކަމީ ހުރިހާ ނުބައެވެ. އެމެރިކާއިންވެސް ސުލްހައޭ ކިޔަނީއެވެ. އެހެނަސް ފަލަސްތީނާއި އިސްރާހެލް ބޭނުންވާ ބަޔަކު ސުންނާފަތިކޮށްލަން ބޭނުންވަރަކަށް ހަތިޔާރާއި މަދަދު ދެނީއެވެ. ދެނޯ؟

  2. Hurihaa Muslim gaumu thakun Gudhus minivan kuran dgiyumah furusathu hulhuvaalan vee. Haggu jihaadheh Kan kashavaru! Jihaadhu nukoffi nama azaabu haggu vaane! Muslimun kiyan vee mi lava!!

Leave a Reply to ޢަބުދުﷲމާހިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް