ލައްޒަތާއި އިއްޒަތް ހޯދައި ދިނީމާ، ޔާމީނާއި ގައުމަށް ދޭން ތިޔަ އުޅެނީ ފެނުކައްކާ ބޮލީގެ އިއްޒަތްތޯ!

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނުހައްގު ޖަލުހުކުމެއްގައި އަނިޔާގައި އޮންނަވައިގެން ލައްޒަތާއި އިއްޒަތް ހޯއްދަވައި ދެއްވީމާ “އެމަނިކުފާނަށާއި ދިވެހި ގައުމަށް ވެސް ދޭން ތިޔަ އުޅެނީ ފެނުކައްކާ ބޮލީގެ އިއްޒަތްތޯ“ ސުވާލު ކުރައްވައި, ޕީޕީއެމްގެ ކުރީގެ ސެނެޓަރެއް ކަމަށްވާ އަޙްމަދު މުޙައްމަދު ވަޙީދު (ވައްޑެ), ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސަރުކާރާ ދުރަށް ދާން ޖެހުނީ ހަދާ ގޯސްތަކުން ކަމަށް ކުރީގެ ޔާމީން ވިދާޅުވުމުން ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަޙީމް ވަނީ ރައީސް ޔާމީން ސަރުކާރާ ދުރަށް ޖެހިވަޑައިގެންނެވީ އެ މަނިކުފާނުގެ ބޮޑާ ކަމާއި ކިބުރުވެރިކަމުން ކަމަށް ވިދާޅުވެފައެވެ.

“ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވާ. ސަރުކާރާ ދުރަށްޖެހުނީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުން, ތިމާ ނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން. ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން. މިކަން ވަކީން ބޮޑަށް މިއަދު ރައްޔިތުނަށް ޔަގީން ވަނީ ސިޔާސީ ގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން“ ޔާމީންގެ ވާހަކަފުޅު ހަޖަމު ނުކުރެވިގެން އަދުރޭ ކުރެއްްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިކަމަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ މިއަދު ވިދާޅުވީ ވަރަށް ބޮޑަށް ޕްރެޝަރުވީމަ ނޫނީ ޢަބްދުއްރަހީމް މިކަހަލަ ޓްވީޓް ނުކުރައްވާނެ ކަމަށެވެ. އަދި ސަރުކާރަށް 8 މަސްވިއިރު ފެންނަ ފެނުމަށް ހީވަނީ އެތެރޭގެ ހާލަތު ވަރަށް ވެސް ގޯސްހެން ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

“ފްލެޓްވެރިން މުޒާހަރާގަ. ޓެކްސީ ޑްރައިވަރުން މުޒާހަރާގަ. މަސްވެރިން މުޒާހަރާގަ. ރޭސްކާރު ދުއްވާކުދިން މުޒާހަރާގަ. ސައިކަލު ޓޯކުރާތީ މުޒާހަރާގަ. ކަރަންޓް ބިލުން ވައްކަން ކުރާތީ މުޒާހަރާގަ. ކިޔާވާ ކުދިންގެ ލޯނު ނުލިބޭތީ މުޒަހަރާގަ. ސަޕްލަޔަރުން ލާރި ނުލިބިގެން މުޒާހަރާގަ. ޑޮލަރު އަގުބޮޑުވެގެން މުޒާހަރާގަ.“ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ގޮތް ފާހަގަކުރައްވައި ވައްޑެ ވިދާޅުވިއެވެ.

ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވުމަށް ވިދާޅުވެ ޢަބްދުއްރަޙީމް, ޔާމީނަށް ދެއްވި ރައްދަށް އިޝާރަތް ކުރައްވަމުން ވައްޑެ ވިދާޅުވީ ފެންނަފެނުމަށް ރައްޔިތުން ހައްލާކަށް ނުވެސްޖެހޭ ކަމަށެވެ.

“(މި ސަރުކާރުން ކަންކަން ކުރާ ގޮތް)ރައްޔިތުންނަށް އެނގިގެން އެ ތިބީ ނިކުމެ.“ ޔާމީން އަރިހުގައި ޕީޕަލްސް ނެޝަނަލް ފްރަންޓުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ވައްޑެ ވިދާޅުވިއެވެ.

ބޮޑާވަނީ ޔާމީން ނޫން ކަމަށާއި މި ސަރުކާރުގެ ވެރިން ކަމަށާއި ކިބުރުވެރިވަނީ ސިޔާސީ މަގާމުތަކުގައި ތިބި ކަލުންނާއި، ކަނބަލުން ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ. އަދި ލައްޒަތާއި އިއްޒަތަށްވުރެން މި ރާއްޖޭގެ އިއްޒަތާއި، ކަރާމާތް މުހިއްމުކަމަށް ބަހާއި އަމަލުން ދައްކަވަމުން ގެންދަވާ ހަމަ އެކަނި ލީޑަރަކީ ‎ޔާމީން ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

“ސްޓައިލުގަ ވެރިކަން ވެސް ކުރެއްވީ. ސްޓައިލުގަ, ނުހައްގު ޖަލު ހުކުމެއްގައި އަނިޔާގަ އޮންނަވައިގެން ލައްޒަތާއި އިއްޒަތް ހޯދާދިނީމާ، އެމަނިކުފާނަށާއި ދިވެހި ގައުމަށް ވެސް ދޭން ތިޔައުޅެނީ ފެނުކަށްކާބޮލީގެ އިއްޒަތްތޯ. ނާހަމަ ހިލާ އެހެނަކުން ނުވާނެ.“ ސްޓައިލުގަ ނިކުމެ ސަރުކާރު ސައިޒުކުރަން ޖެހިއްޖެއްޔާ އެކަންވެސް ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީންކަން ފާހަގަކުރައްވައި ވައްޑެ ވިދާޅުވިއެވެ.

ވައްޑެއަކީ މިދިޔަ ފަސް އަހަރު ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުން ފެނިގެންދިޔަ ބޭފުޅެކެވެ. އެގޮތުން ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅުން ކުރި ގިނަ މުޒާހަރާތަކުގައި ވައްޑެ ވަނީ ބައިވެރިވެވަޑައިގެންފައިވެއެވެ. ހަމައެހެންމެ ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ހޯދައިދިނުމަށް ކޯލިޝަނުން އޭރު ކުރި މަސައްކަތްތަކުގައި ވައްޑެ ވަނީ އިސް ރޯލެއް އަދާކުރައްވައިފައެވެ.

Loading

One Response

  1. އަބުދުއްރަހީމު ވިދާޅުވިޔަސް ހަގީގައްވާނީހަގީގަތައް ކާމިނީގެ ޔާމީނަކީ ބޮޑާކަމާ ކިބުރުވެރި ކަމުގައި އަރައި ހުންނެވި ބޭފުޅެއް ބޮޑާވުމުގެ ސަބަބުން އަދީބައް ވެސް އެގިއްޖެ ރަނގަޅަށް ހައްދާލެވިދާނެކަން އެހިސާބުން އަދީބު މެން އައީ ރަނގަޅަށް މަޅިޔައް މަހަމުން އެކަމަކު މީނާޔައްނޭގުނު މީނާގެ ޖާހު ފުރުނުއިރު ވެސް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް