މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށް ޗައިނާ ސަރުކާރާއެކު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މިއަދު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކުރައްވައިފި އެވެ.

”ލެޓާސް އޮފް އެކްސްޗޭންޖް އޮން ދަ ފީސިބިލިޓީ ސްޓަޑީ ފޮރ ދަ ރީޑިވެލޮޕްމަންޓް އޮފް މާލެ އެންޑް ވިލިމާލެ ރޯޑްސް ޕްރޮޖެކްޓް“ ގައި ސޮއިކުރުން އޮތީ ޗައިނާގެ ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

”ލެޓާސް އޮފް އެކްސްޗޭންޖް އޮން ދަ ފީސިބިލިޓީ ސްޓަޑީ ފޮރ ދަ ރީޑިވެލޮޕްމަންޓް އޮފް މާލެ އެންޑް ވިލިމާލެ ރޯޑްސް ޕްރޮޖެކްޓް“ ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސީއައިޑީސީގެ މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޗެއާމަން ލިއޯ ޒައޯހުއި އެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް 920 މިލިޔަން ޔުއާން ނުވަތަ ގާތްގަޑަކަށް ދެ ބިލިޔަން ރުފިޔާގެ ހިލޭއެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެއީ، ރާއްޖޭގައި “އަޅުގަނޑުމެން ކަނޑައަޅާ ތަރައްގީގެ އެކި ކަންކަމާއި މަޝްރޫއުތަކަށް ހޭދަކުރަން“ ކަމަށާއި މި ހިލޭ އެހީގެ އެންމެ ބޮޑުބައެއް ޚަރަދުކުރަން ހަމަޖެހިފައިވަނީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަށް ކަމުގައެވެ.

މީގެ އިތުރަށް ވެސް، ގިނަ ކަންތައްތަކެއް އޭގެތެރެއިން ކަވަރ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް