ކަޅުނަސްލު ރައީސަކާއެކު ނައިބު ރައީސާއަކަށް ވެވުނު ކަޅުނަސްލުގެ ފުރަތަމަ އަންހެނަކީ އަހަރެން

Loading

Facebook
Twitter
WhatsApp

ސުރުޚީއަކީ އެމެރިކާގެ ރައީސް ބައިޑްން އެންމެ ފަހުން ވިދާޅުވި ބަސްފުޅެވެ. ބެލެވެނީ ދޫ އޮޅިގެން ކަމަށެވެ. ކިއުންތެރިންގެ ރަހަ ތަފާތު ކޮށްލުމަށްޓަކައި މިކަހަލަ ޚަބަރުވެސް ގެނެސްދެނީއެވެ. އެއްވެސް ބޭފުޅަކަށް މަލާމާތްކުރުމުގެ ނިޔަތެއްގައެއްނޫނެވެ.                         

އަލަށް ވާހަކަދައްކަން ޕްލެޓްފޯރމް ތަކަށް އަންނަ މީހުންނަށް ބައެއްފަހަރު ކުރިމަތީގައި ގިނަ ބަޔަކު ތިބުމުގެ ސަބަބުން ދޫ އޮޅޭގޮތް މެދުވެރިވެއެވެ. އެކަމަކު އެމެރިކާގެ ރައީސް ބައިޑްންއަކީ ހަމަގައިމުވެސް ޕްލޭޓްފޯރމް ތަކަށް އާ ބޭފުޅަކަށް ނުވާނެއެވެ.                           

ޑޮނާލްޑް ޓްރަމްޕްއާއި އެކު ބޭއްވި ރިޔާސީ ބަހުސްގައި މެދުވެރިވެ ވަޑައިގެންނެވި ލަދުވެތިކަމަށްފަހު އިންތިޚާބީ ކެމްޕޭނަށް ފައިސާ ޚަރަދު ކުރާ މިހުންނާއި އެކު ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި އިޓަލީއާއި ފްރާންސް އޮޅިވަޑައި ގަތުމުގެ ލަދުވެތިކަން މެދުވެރިވިއެވެ. ވައިޓް ހައުސްގެ އެއިޑުންނަށް ޖެހުނީ ފަހުން އެކަން ތަރުޖަމާކޮށްދީ ރަނގަޅު ކުރާށެވެ.                                                           

މިފަހަރު ފިލަޑެލްފިއާގެ ވާރޑް ރޭޑިއޯ ސްޓޭޝަނަށް ދެއްވި ބަސްދީގަތުމެއްގައި ދޫ އޮޅިގެން ވިދާޅުވެވުނީ“ ކަޅު ނަސްލުގެ ރައީސަކާއި އެކު ފުރަތަމަ ކަޅު ނަސްލުގެ އަންހެން ނައިބު ރައީސަކަށް ވެވުނީތީ އަހަރެން ފަޚްރުވެރި ވަމެވެ ”.  މިފަދައިންނެވެ. ޙަގީގަތުގައިވެސް ކަޅުނަސްލުގެ ރައީސަކާއެކު ކަޅުނަސްލުގެ އަންހެން ނައިބުރައީސާ އަކަށް ވެވުމަކީ އަހަރެން ފަޚްރުވެރިވާ ކަމެކެވެ.                                  

ފަހަރެއްގައި ރައީސް ބައިޑްން އެ ވަގުތު ވިދާޅުވާން ބޭނުންފުޅުވީ ބަރަކް އޮބާމާގެ އަރިހުގައި ނައިބުރައީސަކަށް ވުމާއި އަދި ޚުދު އެމަނިކުފާނުގެ ނައިބު ރައީސާއަކަށް ކަޅު ނަސްލުގެ ކަމަލާ ހަރިސް ހުންނެވި ވާހަކަމަށް ވެދާނެއެވެ.   

ކަޅު ނަސްލުގެ ބަރަކް އޮބާމާގެ ނައިބު ރައީސަކީ މިހާރުގެ ރައީސް ބައިޑްންއެވެ. އަދި އެމަނިކުފާނުގެ ރިޔާސަތުގައި ނައިބު ރައީސާއަކީ ކަޅު ނަސްލުގެ ކަމަލާ ހަރިސް އެވެ.  ވިދާޅުވާން ބޭނުންފުޅުވީ މިވާހަކަމަށް ބެލެވެއެވެ.           

މިފަދަ ކޮންމެ ޙާދިސާއަކަށްފަހު ރައީސް ބައިޑްން އެކަމުގެ އިނގިލި ދިއްކުރައްވާނެ ފަރާތެއް އޮންނަނީ ކަނޑައަޅުއްވާ ފައެވެ. ވައިޓްހައުސްގައި ތިބޭ ރައީސްގެ އެއިޑުންގެ ނުކުޅެދުން ތެރިކަމެވެ.

 އެމަނިކުފާނަށް ރަނގަޅަށް ނިދި ލިބި ވަޑައި ނުގަތުމެވެ. ރޯގާ ޖެހިފައި ހުރުމާއި މަތިންދާ ބޯޓުން ދަތުރުކުރަން ޖެހުމެވެ. މިކަހަލަ އުޒުރުތަކެކެވެ. އެކަމަކު އެ ކަންތައްތަކަކީ އެމަނިކުފާނު މާބޮޑަށް މުސްކުޅިފުޅު ވުމުން މެދުވެރި ވަމުންދާ ކަންތައްތައް ކަމުގައި ބައިޑަންއަކަށް ގަބޫލުފުޅެއް ނުކުރެވެއެވެ.

 އެމެރިކާގެ ގިނަ ރައްޔިތުންވެސް މިހާރު ގަބޫލުކުރަނީ ބައިޑަން މާބޮޑަށް މުސްކުޅިފުޅުވެ އެމެރިކާގެ ރައީސް ކަމަށް ކުފޫހަމަ ނުވާކަމަށެވެ.                   

ރައީސް ބައިޑްން ދައްކަވާ ވާހަކަފުޅުތަކުގައި ހެއްދެވޭ މިކަހަލަ ގޯސްތައް އާންމުވަމުން ދިއުމއު ާއެކު އެމަނިކުފާނު ރިޔާސީ ރޭހުން ދުރުކުރުމުގެ ވިސްނުން ޑިމޮކްރެޓުންގެ ތެރޭގައި މިހާރު ދަނީ ގިނަވަމުންދާ ބޮޑު ސަބަބެވެ. އަދި ރިޔާސީ ކެމްޕޭނަށް ޚަރަދުކުރައްވާ ބައެއް ފައިސާވެރިންވެސް ރައީސް ބައިޑްން ރިޔާސީ ރޭހުން ވަކިވެ ވަޑައިގަންނަވަންދެން އިތުރު ޚަރަދު ޑެމޮކްރެޓުންނަށް ކުރަން ބޭނުންނުވާކަން ގެންދަނީ ހާމަކުރަމުންނެވެ.                              

ޢާންމު ރައްޔިތުންނަށް ރައީސް ބައިޑްން ދެއްވާ މެސެޖަކީ މިހާރުގެ އުމުރުފުޅުގައި ކުރިއެކޭ އެއްގޮތަށް ވާހަކަފުޅު ނުދެއްކެވޭކަން ގަބޫލު ކުރައްވާ ކަމަށާއި އެހެންނަމަވެސް ރިޔާސަތުގެ މަސްޢޫލިއްޔަތާއި ޒިންމާ އުފުއްލެވުމުގައި ފަރުވާކުޑަ ނުކުރައްވާނެ ކަމަށެވެ.                                                   

ރައީސް ބައިޑްންގެ ޕްރެސް ސެކްރެޓަރީ ވިދާޅުވެފައިވަނީ މިހާރަކަށް އައިސް އެމަނިކުފާނުގެ އެންމެހާ ޙަރަކާތްތައްވެސް ތަންކޮޅެއް ލަސްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.                           

Loading

One Response

  1. ކުލަވެސް ވަކިކުރަން ނޭގޭ މީހެއް. އެމެރިކާމީހުންވެސް ބޯބޮޑު. މީނާއަށް ރައީސްކަންދީފައި ހުރިހާކަމެއް މީނާގެ ބޮލަށް ކަނޑާލީމާ ސަޅި

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް