ޔަމަނުގެ ސަރަހައްދުން ދެ ބޯޓަކަށް ޙަމަލާދީ ރޯކޮށްލައިފި

Loading

Facebook
Twitter
WhatsApp


ޔަމަނު ކައިރިން ދަތުރުކުރަމުން ދިޔަ 2 ބޯޓަކަށް ޔަމަނުން ހަމަލާދީ ރޯކޮށްލައިފިއެވެ. އިނގިރޭސި ވިލާތުގެ މެރިޓައިމް އޭޖެންސީގެ ރިޕޯރޓުގައި ބުނެފައިވަނީ އެ ދެބޯޓަށް ޙަމަލާދީ ރޯކޮށްލާފައިވަނީ އަދަންގެ އިރު-ދެކުނުން 80 ވަރަކަށް މޭލު ކައިރިން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

އިނގިރޭސި ވިލާތުގެ ސެކިއުރިޓީ ފާރމް އެމްބްރޭ އިންވެސް ވަނީ އެންޓިގުއާގެ ކާގޯ ބޯޓަކާއި ބާރބިއުޑާގެ ކާރގޯ  ބޯޓަކަށް އަދަނުގެ އިރު-ދެކުނުން 83 މޭލު ކައިރިން ދަތުރުކޮށްފައި ދަނިކޮށް މިސައިލް ޙަމަލާ އަމާޒުވެ ރޯވެފައިވާކަން ކަށަވަރުކޮށް ދީފައެވެ.

އޭރު ދެބޯޓުވެސް ދަތުރުކުރަމުން ދިޔައީ ހުޅަނގު-ދެކުނަށް ގަޑިއަކު 8 މޭލުގެ ދުވެލީގައެވެ. މިސައިލް އަމާޒުވެފައިވަނީ ދެބޯޓުގެވެސް ދުރުނބާ ކޮޅަށެވެ.އެމްބްރޭއިން ރޮއިޓާރސްއަށް ފޮނުވި އެޑްވައިޒަރީ ނޯޓެއްގައި ބުނެފައިވަނީ ރޯވެފައިވާ އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އެ ނޯޓޫގައި ބުނެފައިވާ ގޮތުން އެހެންމިސައިލެއް އަންނަތަންވެސް އެ ބޯޓުތަކަށް ވަނީ ފެނިފައެވެ. އެ މިސައިލް ބޯޓަކަށް ނާރައެވެ. އެކަމަކު އެޙާދިސާގެ ވަގުތުގައި އެސަރަހައްދުން ދަތުރުކުރަމުން ދިޔަ ކުޑަ އުޅަނދަކުން ދެ ބޯޓަށްވެސް ބަޑިން ޙަމަލާ ދިންކަމަށްވެސް އެ ނޯޓުގައި ބުނެފައިވެއެވެ. އެއްވެސް މީހަކަށް އެ ޙާދިސާގައި އަނިޔާ ނުވާކަމަށާއި ބޯޓުގެ ދުވެލި ފަހުން ބާރުކުރީކަމަށްވެސް ބުނެފައިވެއެވެ.

އިނގިރޭސި ވިލާތުގެ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ( ޔޫ ކޭ އެމް ޓީ އޯ ) އިން އެހެން ބޯޓެއްގެ ކެޕްޓަނާ ޙަވާލާދީ ބުނެފައިވަނީ އަދަނުގެ ހުޅަނގު-ދެކުނުން 70 ވަރަކަށް މޭލު ކައިރިން މިސައިލް ހަމަލާއެއް އަމާޒުވެ ބޯޓުގައި ރޯވެފައިވާކަމަށެވެ. އަދި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ބޯޓުގެ ކެޕްޓަން ރިޕޯރޓް ކޮށްފައިވާ ކަމަށެވެ.

ރޮއިޓާރސް އިން ހުކުރުދުވަހު ބުނެފައިވަނީ އެހެން ދެ ބޯޓަކަށް ރެޑް ސީ ތެރެއިން ގިނައަދަދެއްގެ ބެލިސްޓިކް މިސައިލުންނާއި އަދި ޑްރޯން މިސައިލުން ޙަމަލާދީފައިވާ ކަމަށެވެ. އެހެންނަމަވެސް މިނިވަން ގޮތެއްގައި އެޙަމަލާތައް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އެމެރިކާއާއި ހުޅަނގުގެ ހަނގުރާމަމަތީ އުޅަނދުފަހަރުން ގެންދަނީ އެ ސަރަހައްދުގެ ދަތުރުފަތުރު އަމާންކަމާއި އެކު ކުރެވޭނެ މަގު ތަނަވަސް ކޮށްދެމުންނެވެ.  

ހޯމަދުވަހު ޔަމަނުގެ ހޫތީ މުޖާހިދުން ވަނީ ފަލަސްތީނުގެ ނަން ދީފައިވާ މުޅިން އާ ވައްތަރެއްގެ ސޮލިޑް-ފިއުލް މިސައިލަކުން އިސްރާއީލުގެ ޢިލާތަށްވެސް ޙަމަލާ ދީފައިކަން ހާމަކޮށްފައެވެ.                           

ހޫތީ މުޖާހިދުންގެ ބެލުމުގެ ދަށުގައި ޔޫ އެން ގެ އެކިއެކި އޭޖެންސީތަކުގައި ވަޒީފާއަދާކުރާ ޔަމަނުގެ 11 މީހަކުވެސް ވަނީ ހިފާއްޓާފައެވެ. ހޫތީންގެ ބާރުގެ ދަށުގައި ހިފާއްޓާފައި ތިބި އެ 11 މީހުންނާއި މެދު ވަރަށްބޮޑަށް ކަންބޮޑުވާ ކަމަށް ޔޫ އެން ގެ ތަރުޖަމާނު ސްޓެފާނީ ޑުޖާރިކް ވަނީ ހާމަކޮށްފައެވެ.                     

އެމެރިކާއިން މިހާރު ރާވަމުން ގެންދަނީ ހޫތީ މުޖާހިދުންނަށް އިތުރަށް ދަތިކުރުމުގެ ގޮތުން އެ ޖަމާޢަތަށް އާމްދަނީ ލީބޭނެ މަގުތަޢް ބަންދުކުރުމަށެވެ. އޭގެ ތެރޭގައި ސަޢޫދީ އެރޭބިޔާއިން ޔަމަން ސަރުކާރުގެ މުއައްޒިފުންނަށް މުސާރަ ދިނުމަށްޓަކައި ފޮނުވާ 1.5 ބިލިއަން އެމެރިކާ ޑޮލަރ ނުދީ ހިފޭއްޓުންވެސް ހިމެނެއެވެ.            

Loading

One Response

  1. muahzafunlahvaa masahkaiykuruvaifinama musaara dhevenjeheyne e ee islaamee usoolu yahoodheenge thininmun saudheen gaboolukurumaker islaamee usoolaakhilaafukameh saudheeakee gaumuthakuge nisbathunbalaifinama muslimunge bahpa adhi manma

Leave a Reply to miadhu Cancel reply

ފަހުގެ އަޕްޑޭޓް