އީރާނުން އެމެރިކާއަށް: ކަލޭމެން އެއްފަރާތަކަށް ޖެހިލާ

Loading

Facebook
Twitter
WhatsApp


އެމެރިކާގެ ބުލޫމްބާރގުން މިއަދު ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލުން ސީރިޔާގައި ހުންނަ އީރާނުގެ ސަފީރު އޮފީހަށް ދިން ޙަމަލާގެ ބަދަލު ހިފުމަށް ތައްޔާރުވަމުން ދާތީ އެމެރިކާއިން މިކަމުގެ ތެރެއަށް ނުވަދެ އެއްފަރާތަށް ޖެހިލަން އިރާނުން އަންގައިފިއެވެ. އަދި ހަމަ އެއާއިއެކު އީރާނުގެ ވާގިވެރި ޖަމާޢަތެއްކަމުގައިވާ ޙިޒްބުﷲ އިންވެސް ހަނގުރާމައަށް ވަންނަން ތައްޔާރުވެފައިވާ ކަމަށް އިސްރާއީލަށް އަންގައި އިންޒާރު ދީފިއެވެ.

އީރާނުގެ ރައީސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ފޯރ ޕޮލިޓިކަލް އެފެއާރސް މުޙައްމަދު ޖަމްޝީދީ އެމެރިކާއަށް އަމާޒުކޮށް އެކްސް އަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ސީރިޔާގައި ހުރި އީރާނުގެ ސަފީރު އޮފީހަށް އިސްރާއީލުން ދިން ޙަމަލާގެ ބަދަލު ވަރަށް ފުރިހަމަކޮށް ހިފާނެކަމަށެވެ.

އިސަރާޢީލުގައި މިހާރު ގައިމުވެފައިއޮތް ޒައަނިސްޓް ސަރުކާރުގެ ވެރިޔާ ނަތަންޔާހޫގެ ދަންތޫރާ ގައި އެމެރިކާއިން ނުޖެހުމަށް އިންޒާރު ދެއްވާފައެވެ. އަދި އެ ޙަމަލާއާއި ގުޅިގެން އީރާނުން އެމެރިކާއަށް ގެއްލުމެއް ދޭން ބޭނުން ނުވާކަމަށްވެސް ވިދާޅުވެފާ ވެއެވެ.

އެމެރިކާގެ އަމާޒުތަކަށް ގެއްލުން ނުދިނުމަށް އެމެރިކާއިން އެދިފައިވާކަމަށްވެސް ޖަމްޝީދީގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އެމެރިކާއިން މިހާތަނަށް އެއްވެސް އެއްޗެއް މީޑިއާތަކަށް ހާމަކޮށްފައެއް ނެތެވެ.

އެހެންނަމަވެސް އިސްރާއީލުން ސީރިޔާގައި ހުންނަ އީރާނުގެ އެމްބަސީއަށް ދިން މި ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން އީރާނުން ދީފާނެ ރައްދެއްގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަމާޒުތައް ހިމެނިގެން ހިނގައިދާނެތީ އެމެރިކާއިން ފުރިހަމައަށް ތައްޔާރީ ޙާލަތަކަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ސީ އެން އެން އިން ބުނެފައި ވެއެވެ. މީގެ ކުރިންވެސް އެމެރިކާއިން އީރާނުގެ ކޮމާންޑަރއެއް ޝަހީދުކޮށްލުމުން އީރާނުންވަނީ ގަލްފް ސަރަޙައްދުގައިހުރި އެމެރިކާގެ ގިނަ މިލިޓަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.

ވަނަވަރު ހާމަކުރަން ބޭނުންނުވާ އެމެރިކާގެ 2 އޮފިޝަލަކު އެން ބީ ސީ އަށް ކިޔާދިން ގޮތުގައި އިރާނުން ދޭ ޙަމަލާއެއްގެ ގެއްލުން އާންމު ރައްޔިތުންނަށް ނުލިބި ހަމައެކަނި މިލިޓްރީ ނުވަތަ ޖާސޫސީ އިދާރާތަކަށް އަމާޒުތަކަށް ވެގެންދިއުމަށް އެމެރިކާއިން އުންމީދުކުރެއެވެ.                                

ބުލޫމްބާރގުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިމިޝްގަށް ދިން ޙަމަލާގެ އެއްވެސް މައުލޫމާތެއް އެމެރިކާއަށް ލިބިފައި ނުވާކަމަށްބުނެ ސީދާ އީރާނަށް މުޢާމަލާތު ކުރުމަކީ މީގެ ކުރިން އެމެރިކާއިން ކޮށްއުޅޭ ކަމެއްނޫނެވެ.އެހެންކަމުން އެމެރިކާގެ މި ފިޔަވަޅަކީ މެދު އިރުމަތީގައި ހުރި އެމެރިކާގެ އަމާޒުތައް އީރާނުގެ ޙަމަލާއަކުން ރައްކާ ކުރުމަށް އެޅި ފިޔަވަޅެއްކަމުގައި ބެލެވެއެވެ.

އީރާނުން މިހާތަނަށް ހާމަކޮށްފައިވަނީ ހަމައެކަނި އިސްރާއީލުގެ ޙަމަލާގެ ބަދަލުގައި ހިތުން ނުފިލާވަރުގެ ތަފާލެއް އަޅާނެ ކަމަށެވެ. އެކަން ކުރާނީ އީރާނުން ކަން ނުވަތަ އީރާނުގެ މަދަދު ލިބެމުންދާ މުޖާހިދުންގެ ޖަމާޢަތަކުންކަން ދެނެގަންނާކަށް ނޭގެއެވެ.

ކޮންމެ ގޮތަކަށް ބެލިނަމަވެސް އީރާނާއި އިސްރާއީލުން ހަނގުރާމައަކަށް ކުރިމަތިލުމުގެ ވަގުތު އަންނަނީ ކައިރިވަމުން ކަމަށް ބަލަން ޖެހެއެވެ. އީރާނުން މީގެ ކުރީން ބުނެފައިވަނީ އީރާނަށް އިސްރާޢީލުން ހަމަލައެއްދީފިނަމަ މެދުއިރުމަތީ ޗާޓުން އިސްރާޢީލު ފުހެލާނެކަމަށެވެ. ދެފަރާތުގެ ވާހަކައިންވެސް ހަނގުރާމައިގެ ބެރުގެ އަޑު ގަދަވަމުންދެއެވެ.                                  

ފާއިތުވެގެންދިޔަ ދުވަސްތަކުގައިވެސް އިސްރާއީލުން ސީރޔާގައި ހުރި އީރާނުގެ އެކިއެކި ވަސީލަތްތަކަށް ޙަމަލާދެމުން ގެންދިޔައެވެ. އެހެންނަމަވެސް މިއީ ޑިޕްލޯމެޓިކް ޢިމާރާތަކަށް ފުރަތަމަ ފަހަރުދިން ޙަމަލާއެވެ. އިސްރާއީލުގެ ޙަމަލާގައި އެމްބަސީގައި ތިބި ސިފައިންގެ 2 ޖެނެރަލުންވެސް ހިމެނޭގޮތުގައި 7 މީހަކު ވަނީ ޝަހީދުވެފައެވެ.  

އީރާނުގެ އިންޒާރަށްފަހު އިސްރާއީލުވެސް އޮތީ ފުރިހަމަ ތައްޔާރީ ޙާލަތަކަށް ގެނެވިފައެވެ. ސިފައިންނަށް ޗުއްޓީ ނުލިބޭނެކަން އަންގައި އަދި ރިޒާވްގައިތިބި ސިފައިންވެސް ނިކުތުމަށް ވަނީ އަންގާފައެވެ. އޭގެ އިތުރުން ރައްޔަތުމީހުންވެސް މަދުވެގެން 3 ދުވަހުގެ ކާނާއާއި ބޯފެން ރައްކާކުރަން ވަނީ ޢިއުލާނުކޮށްފައެވެ.

އީރާނުގެ ޑްރޯން ޙަމަލާއަކުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޓެލް އަވީވް ސަރަހައްދުގައި ދަތުރުފަތުރު ކުރަން ބޭނުންވާ ޖީ ޕީ އެސް ގެ ސިގްނަލްތައްވެސް ބުރާސްފަތި ދުވަހު ހުރީ މަސްހުނި ކޮށްލާފައެވެ. 

ހިޒްބު ﷲ ގެ ލީޑަރ ހަސަން ނަސްރު ﷲ ޓީ. ވީ. ގެ ޒަރީޢާއިން ވިދާޅުވެފައިވަނީ ހަމަކަށަވަރުންވެސް އީރާނުގެ ޙަމަލާއަށް އިސްރާއީލުން ކުރިމަތިލާން ޖެހޭނެއެވެ. އެހެންނަމަވެސް އެއީ އެ ޖަމާޢަތުން ކުރަން ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށާއި އެ ޙަމަލާ އަންނާނީ ސީދާ އީރާނުން ކަމަށެވެ. އަދި އޭގެފަހުން މެދުއިރުމައްޗަށް އަންނާނެ ބަދަލުތަކަކަށް އިންތިޒާރު ކުރާށެވެ.

ޙިޒްބު ﷲ އަކީ މެދުއިރުމަތީގައި ޙަރަކާތްތެރި ވަމުންދާ އެންމެ ބާރުގަދަ މުޖާހިދުންކަން އިސްރާއީލަށް އެނގޭނެއެވެ. އަދި ޙިޒްބު ﷲ އޮތީ އިސްރާއީލާއި ދެކޮޅަށް ކޮންމެވަގުތަކުވެސް ހަނގުރާމައަށް ނިކުންނަން ތައްރާށެވެ. އެކަންވެސް އިސްރާއީލަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ހަސަން ނަސްރު ﷲ ވިދާޅުވިއެވެ.       

Loading

2 Responses

  1. މެދުއިރުމަތީ އެމެރިކާގެ ބަސްނާހާ އީރާނު ނެތްނަމަ މިހާރު މެދުއިރުމަތި އެމެރިކާގެ އަޅަކަށް ހަދައިފީއްސެވެ. ނަސީބު ރަނގަޅުކަމުން އީރާންފަދަ ގައުމެއްވެސް އެތަނުގައި އޮތީއެވެ. ފާރިސީންގެ ގަދަކަން މިއަދުވެސް އެގިގެން ހިގައްޖެއެވެ. އަރަބީންގެ ގިނަ ލީޑަރުންނަކީ ދުނިޔޭގައި އަރާމުކޮށް ދެއްކިލާއިގެން އުޅެން ބޭނުންވާ ކުރީގެ ކޮންމެވެސް ފޭރޭ ގަބީލަޔަކުން އައިސް ތިބި ޚާންދާނުތަކެވެ. އެހެންވީމާ ޔަހޫދީންނާއި ގުޅިގެން އިނދެގެން ނަމަވެސް އެމީހުން ބޭނުންވަނީ އަޅުވެތިވެގެންވެސް އެމީހުންގެ މާސްޓަރ (އެމެރިކާގެ) ބެލުމުގެ ދަށުގައި ތިބޭށެވެ. އެނޫންގޮތެއްވެސް މިހާރު ދެން ނެތީއެވެ. މިވެރީން އިސްލާމީ އުންމަތް ހާދަ ދެރަވަރު ކޮށްފިއެވެ.

  2. ސައޫދީން ކަންބޮޑުވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު ހަދާފާނެތިއްޔޯ. އޭރުން ތިމަންމެންވެސް ހަދާނަމޯ. ހަދާނެގޮތެއް ނުބުނޭ. އެމެރިކާ ލައްވާ ހަދާފައި އިސްރާއީލުން ލައްވާ އޮޕަރޭޓް ކުރީމާ ހުންނާނީ ނިއުކްލިއަރ ހަތިޔާރު ހޯދިފާ

Leave a Reply to މަންމަނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް