ދުވާފަރުގައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ހަމަޖައްސައިދޭނަން: ރައީސް

Loading

Facebook
Twitter
WhatsApp

ރ. ދުވާފަރުގައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް އިސްކަންދޭ ކަމެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުވާފަރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. ދުވާފަރު ކައުންސިލުގެ އިދާރާގައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ބޭނުންވާ ކަމަށާއި ހުއްޓިފައިވާ މަޝްރޫޢުތައް ފެށޭނެގޮތްވުން ބޭނުންވާ ކަމަށާއި ދުވާފަރުގެ ގެތަކުގެ ރެޖިސްޓްރީއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ބަނދަރު ބޮޑުކުރުމާއި ފެންވަރު ރަނގަޅު ޞިއްހީ ޚިދުމަތްތައް ގާއިމުކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދަން އެދުން ހިމެނެއެވެ.

މީގެ އިތުރުން ވޮލީ އަދި ހޭންޑްބޯލް ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ކަންކަން ކުރައްވާނީ ކައުންސިލާ ރައްޔިތުން ބޭނުންވާ ގޮތަށްކަން ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ކުރީގެ ސަރުކާރުން ބިލްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތައް އަލުން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް