ޓްރާންސްޖެންޑާ އޮޕްޝަނެއްގެ ގޮތުގައި އޮތީ އީއާރުޕީ ނިޒާމަށް ގެނައި ބަދަލަކާ ގުޅިގެން އޮޅުމަކުން: ޣިޔާސުއްދީން ސްކޫލް

Loading

Facebook
Twitter
WhatsApp

ޓްރާންސްޖެންޑާ އޮޕްޝަނެއްގެ ގޮތުގައި އޮތީ އީއާރުޕީ ނިޒާމަށް ގެނައި ބަދަލަކާ ގުޅިގެން އޮޅުމަކުން ކަމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ބުނެފިއެވެ.

އެ ސްކޫލުން މިހެން ބުނެފައި މިވަނީ މި އަހަރު އެ ސްކޫލްގެ ގްރޭޑް އެކަކަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި އެޑްމިޝަން ފޯމުގައި ޖިންސު ޖަހަން ޖެހޭބައިގައި ޓްރާންސްޖެންޑާއަކީ އޮޕްޝަނެއްގެ ގޮތުގައި ހިމަނާވައިވާ ކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސް ފާޑުކިޔުންތައް އަމާޒުވެފައި ވާތީއެވެ.

އެގޮތުން މިކަމަށް އިޝާރާތްކޮށް އެ ސްކޫލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެޑްމިޝަން ފޯމުގައި ޖިންސު ޖަހަން ޖެހޭ ބައިގައި ޓްރާންސްޖެންޑާ އޮޕްޝަނެއްގެ ގޮތުގައި އޮތީ އިންޑިއާ އާއި އެހެން ގައުމުތަކުގައި ހިންގާ ސްކޫލްތަކުގެ އެދުމުގެ މަތިން އީއާރުޕީ ނިޒާމަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށާއި އެ ބަދަލު ޣިޔާސުއްދީން ސްކޫލްގެ ފޯމަށް ވެސް ގެނެސްފައިވާ ކަމަށެވެ.

އެހެން ކަމުން ޣިޔާސުއްދީން ސްކޫލުން ފޯމު ނެރުނު އިރުގައި ރަނގަޅަށް ބެލިފައި ނެތުމުގެ ސަބަބުން އެ އޮޕްޝަން ހިމެނިފައިވާ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އެ ސްކޫލުގެ ސަމާލުކަމަށް އެ ކަން އައުމާއެކު ވަގުތުން ފޯމު ހުށަހެޅުން ބަންދުކޮށް، ފޯމުތައް ހަދާ ފަރާތްތަކާއި ވާހަކަދައްކައި އެކަން ރަނގަޅުކޮށްފައި ވާނެ ކަމަށް އެ ސްކޫލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހަމަ އެހެންމެ އެއީ އޮޅުމަކުން ވީ ކަމެއް ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެ ސްކޫލުން ވަނީ މައާފަށް އެދިފައެވެ.

މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާތާ 14 އަހަރުވެފައިވާއިރު އަބަދުވެސް ވާނީ ރާއްޖޭގެ އުސޫލު ތަކާއި ގަވައިދުތަކަށް ފުރިހަމައަށް ކަމޭ ހިތާފައި ކަމަށް ޣިޔާސުއްދީން ސްކޫލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

Loading

One Response

  1. އިންޑިއާ އާއި އެހެން ގައުމުތަކުގައި ހިންގާ ސްކޫލްތަކުގެ އެދުމުގެ މަތިން އީއާރުޕީ ނިޒާމަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށާއި އެ ބަދަލު ޣިޔާސުއްދީން ސްކޫލްގެ ފޯމަށް ވެސް ގެނެސްފައިވާ ކަމަށެވެ.
    މިބުނި އެއްޗެއްވެސް ރަނގަޅަށް އޮޅުންފިލުވާދިންނަމަ ރަނގަޅުވީހެވެ. އަޅުގަނޑުގެ ޖާހިލުކަމުން އީއާރުފީ އަކީ ކޮންއެއްޗެއް ކަމެއްވެސް ނޭގުނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް