އަލިފުށީ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަޙައްދަށް ބިން އިތުރުކުރުމަށް މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގެ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަޙައްދަށް ބިން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

އަލިފުށީ ކައުންސިލުން މިކަމާމެދު މަޝްވަރާ ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަލިފުށީ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

އެގޮތުން މި ބައްދަލު ކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަޙައްދަށް ބިން އިތުރުކުރުމާއި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ކުނިމެނޭޖް ކުރުމުގައި ކަރަންޓު ދިނުމުގައި ހުރި ދަތިތައް ހިމެނެއެވެ.

މީގެ އިތުރުންވެސް ޞިއްޙީ ދާއިރާއިން ބޭނުންވާ ކަންކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. އ.ތ.މ ކޮމިޓީން އެކޮމިޓީގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާ އަދި ޖުމްލަގޮތެއްގައި އ.ތމ. ކޮމިޓީތަކަށް އެކޮމިޓީތަކުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް އެކަށީގެންވާ މާހައުލެއް ނެތްކަމުގެ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަންދެއްވައިގެން ކަންކަން ކުރިޔަށް ގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް