ބިދޭސީން ދިރިއުޅޭ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Loading

Facebook
Twitter
WhatsApp

މާލޭގައި ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފުން މިރޭ ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހ. ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.

އަދި އެ ތަނުގައި ދިރިއުޅެމުން ދިޔައީ ބިދޭސީންގެ ބަޔަކު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެމްއެންޑީއެފުން ބުނީ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުންގެ މަސައްކަތުން އެ ތަނުގައި ރޯވި އަލިފާންގަނޑު މިރޭ 6:23 ހާއިރު ނިއްވާލެވިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، އެ އިމާރާތުގައި ހުރި އަވަނެއް އޯވަ ހީޓްވުމުގެ ސަބަބުންނެވެ.

މީގެ އިތުރުން އެނގިފައިވާ ގޮތުގައި މި ހާދިސާގައި، އެ ވަގުތު ސަލާމާތްވާން މަސައްކަތްކުރި ބިދޭސީއެއްގެ ފައި ތަނެއްގައި އަޅައިގަނެ ހަލާކުވުމުން ފަރުވާ ދެމުން އަންނައިރު ދުމުގެ އަސަރުކޮށް، ދުވަސްވީ އުމުރުފުރާގެ ދިވެހި އަންހެނަކަށާއި ފިރިހެނަކަށް އޭޑީކޭގައި އަންނަނީ ފަރުވާދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް