ފޮއްދޫގެ ބައެއް ރައްޔިތުންގެ ސޮޔާއެކު، ބަނދަރު ހެދުމަށް ބޭނުންވާ ޑިޒައިން ރައީސްއާ ހިއްސާކުރައްވައިފި

Loading

Facebook
Twitter
WhatsApp

ފޮއްދޫގެ ބަނދަރު ތަރައްޤީކުރުމަށްޓަކައި މިހާރު ފާސްކޮށްފައިވާ ޑިޒައިންއާ ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

މި ކަންބޮޑުވުންތައް އެ މަނިކުފާނާއި ހިއްސާކުރައްވާފައި ވަނީ މިހާރު ރައީސް ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ނ އަތޮޅުގެ ހޮޅުދޫއަށް ވަޑައިގެން ހުންނަވަނިކޮށް ފޮއްދޫގެ ބައެއް ރައްޔިތުންގެ އެދުމުގެ މަތީން އެބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން މިއަދު ހޮޅުދޫގެ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ފޮއްދޫގެ ހަރު އުމުރުފުރައިގެ ބައެއް ރައްޔިތުން ވަނީ ފޮއްދޫގެ 180 ރައްޔިތެއްގެ ސޮޔާއެކު، ބޭނުންވާ ބަދަލުތަކާ ގުޅޭ ޕެޓިޝަނެއް ރައީސްއަށް ހުށަހަޅުއްވާފައެވެ.

ހަމަ އެހެންމެ މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ބޭނުންފުޅުވާ ބަދަލުތައް ރައީސްއަށް ތަފުޞީލީ ގޮތެއްގައި ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ބަދަލުތައް، ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވާނެ ކަމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް