ޔަމަނުގެ ހޫތީން ހަމަލާދިން ރޫބީމާރް ކާގޯ ބޯޓު އަޑިއަށްދާނެކަމުގެ ބިރު އުފެދިއްޖެ

Loading

Facebook
Twitter
WhatsApp

ގަލްފް އޮފް އޭޑެންއިން ދުއްވާފައި ދިޔާ ރޫބީމާރް މުދާ އުފުލާ ބޯޓަށް ޔަމަނުގެ ހޫތީ މުޖާހިދުން ދިން ހަމަލާއަށްފަހު އެބޯޓު އަޑިއަށް ދިޔުމުގެ ބިރުއޮތްކަމަށް ހޫތީން ބުނެފިއެވެ.

ހޯމަ ދުވަހު ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރެއާ ދިން ބަޔާނެއްގައި ބުނެފައިވަނީ އެއީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުޅަނދެއް ކަމަށާއި ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި ހުދެއިދާކައިރިން އެމެރިކާގެ ޑްރޯނަކަށްވެސް ހަމަލާ ދީފައިވާނެކަން ހޫތީން ވަނީ ހާމަކޮށްފައެވެ.

ބެލީޒްގެ ދިދަ ނަގައިގެން ދަތުރުކުރި އިނގިރޭސިވިލާތަށް ރަޖިސްޓަރ ކޮށްފައި އޮންނަ މި އުޅަނދަކީ ލުބުނާނުގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ އުޅަނދެކެވެ. ޔަމަނުކައިރިން ބާބުލްމަންދަބއ ގައި އޮތް މި އުޅަނދަށް ހަމަލާދީފައިވާކަން އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ ފާމް، އެމްބްރީއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އޭޖެންސީއިން ބުނީ ޔަމަނު ކަިއރިން ބޯޓުގައި އެއްޗެއް ގޮވުމާއެކު ބޯޓުގެ ފަޅުވެރިން ބޯޓު ދޫކޮށް ފައިވާފައިވާކަމުގެ ހަބަރު ލިބިފައިވާކަމަށެވެ.

ފަލަސްތީނަށް އެއްބާރުލުން ދިނުމަށްޓަކައި ޔަމަނު ފިޔަވައި މުސްލިމް ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން އަމަލީ ފިޔަވަޅެއް އަޅާފައިނުވި ނަމަވެސް، ރަތްކަނޑު ހުރަސްކޮށް ކުރާ ދަތުރުތަކަށް ހުރަސް އަޅައި، ޔަމަނުގެ ހޫތީ މުޖާހިދުން ވަނީ އިޒްރޭލަށް ޓްރިލިއަނެއްހައި ޑޮލަރުގެ ގެއްލުން ކޮށްފައެވެ.

މުސްލިމް ގައުމުތަކުގެ ވެރީން މޮޅެތި ވާހަކަތައް ދައްކައި، އިޒްރޭލުގެ އަމަލުތައް އަޑުހަރުކޮށް ކޮށްވެރިކުރި ނަމަވެސް، އިޒްރޭލުން ޣައްޒާގައި ހިންގާ ޤަތުލުއާންމަށް ނިމުމެއް އައިސްފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް