ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ތިނަދޫ ފަޅު ހިއްކައިގެން ތަރައްޤީ ކުރަން ހަމަޖެހިފައިވާ އިންޓަނޭޝަނަލް އެއާޕޯޓު އަޅަން ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ.

އެގޮތުން ސަރުކާރުން ވިދާޅުވީ ތިނަދޫ ފަޅު ހިއްކައިގެން ތަރައްޤީ ކުރަން ހަމަޖެހިފައިވާ އެއާޕޯޓަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށާއި އެ މަޝްރޫޢުގެ ހުރިހާ ޚަރަދެއް ކުރާނީ އެއަރޕޯޓު ތަރައްޤީކުރާ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުން ކަމަށެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ.މުއްޠަލިބް އެވެ. ޕޭން ޕެސިފިކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މރ. ޖިރާޓް ޕެތްނުންތަވޮންގއެވެ.

ޖުމްލަ 50 ހެކްޓަރުގެ ބިން ތިނަދޫ ފަޅުތެރެއިން ހިއްކައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫޢު ނިމޭއިރު ފެނުގެ މަތީގައި އޮންނަ ހިތްގައިމު ޓާމިނަލަކާއި އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭ ފެންވަރުގެ ކޯޑް އެފް ރަންވޭއެއް ތަރައްޤީ ކުރާނެއެވެ.

މީގެ އިތުރުން ފްލައިން ސްކޫލަކާއި ފްލައިޓުތަކަށް ޚިދުމަތްދޭނެ ޚާއްޞަ ވަސީލަތްތަކާއި ކާގޯ ޓަމިނަލަކާއި ފިއުލްފާމަކާއި ސީޕްލޭން ޓަމިނަލާއެކު ސީޕްލޭން ހަބަކާއި އެއަރ އެމްބިއުލާންސާއި ޑިކޮމްޕްރެޝަން ޗެމްބަރެއްވެސް އެއަރޕޯޓުގައި ޤާއިމްކުރެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް