ޔާމީނަށް އިންސާފު ލިބެންވާނެ, އެއީ ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް: ރައީސް

Loading

Facebook
Twitter
WhatsApp

ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ލިބެންވާނެ ކަމަށާއި އެއީ ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާނުކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި ނަމަވެސް ކުށެއް ކޮށްގެން އަދަބު ދިނުމަކީ އަދި އެހެން ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން އަންނަނީ މިނިވަންކަމާއެކު ކަމަށެވެ. ގައުމަކަށް ހަމަޖެހުން އަންނާނީ އެ ގައުމެއްގެ ސިޔާސީ ވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގުފަހިވެގެން ކަމަށާއި ކުރީގެ ރައީސް ޔާމީނަށް އިންސާފު ލިބެންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ

“އެއީ މި ގައުމަށް އޮތް އެންމެ އިންސާފުވެރިގޮތް. އުންމީދަކީ ނިޒާމުގެ ތެރެއިން އެމަނިކުފާނު މިނިވަންވުން“ ރައީސް ވިދާޅުވިއެވެ.

އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ރައީސް ވިދާޅުވިއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް