ސީއެސްސީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް 3 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ތިން ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ހުސްވެފައިވާ ސީއެސްސީގެ މެމްބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެ މަޤާމުގައި ހުންނެވި، ފާތުމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

މެމްބަރުކަމަށް އައްޔަނު ކުރުމަށް ރައީސް ހުށަހެޅުއްވި ތިން ބޭފުޅުންނަކީ، ދަފްތަރު 9472، ފާތުމަތު ހަބީބާ އާއި ދަފްތަރު ނަންބަރު 7505، އަބްދުލް ހަސީބު އިސްމާއިލް އާއި މއ. ފޮރެސްޓު، މަރިޔަމް ޝާހިދާއެވެ.

 
މިގޮތުން ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހްއާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް