ޤަތުލުއާންމު ނިމުމަކަށް ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެ

Loading

Facebook
Twitter
WhatsApp

ފްރާންސްގެ ޕެރިސްގައި ބޭއްވި ބައްދަލުވުންތަކެއްގެ ނަތީޖާއެއްގެ ގޮތުން، އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުއާންމު ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އައިސްފައިވާކަމުގެ ޚަބަރުތައް ފެތުރިއްޖެއެވެ. 

އިޒްރޭލާއި ޙަމާސްއާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި މީޑިއޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ މިޞްރާއި ޤަތަރުންނެވެ. 

މިގޮތުން، ހަނގުރާމަ ހުއްޓާލާފައިވާކަން ޤަތަރުން ހޮނިހިރުދުވަހު ހާމަކުރާނެކަމަށް އިޒްރޭލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

އޮފިޝަލުންނާއި ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ލިޔެފައިވާގޮތުގައި، އިޒްރޭލުގެ އަސްކަރީ މޮމެންޓަމް ހުއްޓާލެވޭހައި ޖާގަ ހޯދުމަށްޓަކައި އެމެރިކާއިންވެސް ސީޒްފަޔަރ އަކަށް ވަނީ އެއްބަސްވެފައެވެ. އަދި ހަމާސް ނައްތައިލެވިފައި ނުވާކަން އެނގިތިބެ އެމެރިކާއާއި އިޒްރޭލުން އެފަދަ އެއްބަސްވުމަކަށް އައުމުން، އިޒްރޭލުން މިހަނގުރާމަ ފެށުމުގެ ފަހަތުގައިވާ މަގުސަދާއިމެދު ސުވާލުއުފެދެއެވެ. 

ލުބުނާނުން ހާމަކޮށްފައިވާގޮތުގައި، މި އެއްބަސްވުމުގައި ހިމެނެނީ ބަނދުކޮށްފައިވާ މީހުން ދޫކޮށްލުމުގެ ތިން މަރުހަލާއެކެވެ. ފުރަތަމަ މަރުހަލާގައި 45 ދުވަހުގެ ތެރޭގައި އާންމުން ދޫކޮށްލުމެވެ. ދެވަނަ މަރުހަލާގައި ވަކި ވަގުތެއް ކަނޑައެޅުމެއް ނެތި އަސްކަރީ ސިފައިން ދޫކުރުމެވެ. އަދި އެންމެ ފަހު މަރުހަލާގައި މަރުވެފައިވާ މީހުންގެ ހަށިގަނޑު ބަދަލުކުރުމެވެ. 

މައުލޫމާތު ލިބޭ ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދިވެސް ހުރީ މިއެއްބަސްވުމާއި ދެކޮޅަށެވެ. އެހެންނަމަވެސް، މަސްރަހު ފެންނަގޮތުން އޭނާއަށް މިއެއްބަސްވުން ގަބޫލުކުރުމަށް އޮތީ މަޖުބޫރުވެފައެވެ. 

މީގެއިތުރުން، މިހުރިހާކަމެއް ނިމުމަށްފަހު ފަލަސްތީނުގެ ރައްޔިތުންނަށް ވަކި ސްޓޭޓެއް ލިބޭނެކަމަށާއި، ދުނިޔޭގެ ހުރިހާ ގައުމަކުން އެކަން ދަންނާނެކަމަށް އިނގިރޭސިވިލާތުންވަނީ ބުނެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް