އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނިންމައި މިއަދު އެކަން އިއުލާނުކޮށްފިއެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވީ މި ސަރުކާރު އައީ ގިނަ ވައުދުތަކެއް ވެގެން ކަމަށާއި ނަމަވެސް އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ވަރަށް ގިނަ ހައްގުތައް ހިފަހައްޓާނެ ކަމަށް ބެލެވޭ ކަމަށެވެ.

“އަޅުގަނޑުމެންނަށް ވަރަށް ނުބައި ސިގުނަލެއް ލިބެމުންދަނީ. ކުރިއަށް އޮތް މުސްތަގުބަލުގައި މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މީޑިއާގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާނެ ކަމަށް.“ ސަރުކާރަށް ފާޑުކިޔައި ޚަބަރު ފެތުރި ދެ ވެބްސައިޓެއް ބުލޮކް ކުރިކަން ފާހަގަކުރައްވައި ފައްޔާޟް ވިދާޅުވިއެވެ

އެހެންވެ މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވަން ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ފައްޔާޟް ވިދާޅުވިއެވެ.

“މިހެން މިކަންކަމުގެ ކަންބޮޑުވުން އޮތުމުގެ ސަބަބުން އަޅުގަނޑުމެން މި ނިންމީ މި ކަންކަން މޮނިޓަރކޮށް ޒިންމާދާރު އޮޕޮސިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ހަންމަތަ ކުރުމާއި ހަމައެއާއެކު މި ގައުމުގެ މުސްތަގުބަލަށް ޑިމޮކްރެޓިކް މުސްތަގުބަލު ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމަށް މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރުމަށް.“

ދެ ޕާޓީ ގުޅިގެން ބިލުތަކެއް ހުށަހަޅަނީ:

ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަޠީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ގާނޫނުއަސާސީއާއި ގާނޫނުތަކަށް އިސްލާހު ހުށަހެޅުމަށް އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ނިންމާފައިވާ ކަމަށެވެ.

ޙަސަން ވިދާޅުވީ ގާނޫނުއަސާސީގައި މިހާރު ކަނޑައެޅިފައި އޮތީ ވަކި މިންވަރެއް ނެތި މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ އުސޫލެއް ކަމަށެވެ. އަދި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ސިޔާސީ މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ އަދަދު އިތުރުވަމުންދާތީ އެއީ ކަންބޮޑުވުމެއް ކަމަށާއި ސިޔާސީ މަގާމުތަކުގެ އަދަދަށް ބަލާއިރު އެއީ ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އެ ދެ ޕާޓީއަށް ފެންނަ ކަމަށެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދިނުމަށް ހުށަހެޅުން:

ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޟް އިސްމާޢީލް ވިދާޅުވީ
19 ވަނަ މަޖިލީހުގެ ފަހު ދައުރުގެ ކުރިން ޖަލްސާއެއް ބާއްވައިދިނުމަށް ދެ ޕާޓީން ހުށަހަޅާފައިވާނެ ކަމަށެވެ.

ފަހު ދައުރު ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 05 ވަނަ ދުވަހުއެވެ.

ޖަލްސާ ބާއްވަން ހުށަހެޅީ ރަމަޟާން މަހުގައި އެއްވެސް އިންތިޚާބެއް ނުބާއްވާ ގޮތަށް އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުމަށާއި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ކަމަށް ފައްޔާޟް ވިދާޅުވިއެވެ.

ފޮޓޯ: މިހާރު ނޫސް/ނިޝާން ޢަލީ

Loading

3 Responses

  1. ދެކޮޅަށް މަސައްކުރުން ރަނގަޅެއްނޫން. އޭރުން ފެންނާނީ އެއްލޮލުން. އިސްލާހްކުރަން މަސައްކަތްކުރުމަކީ ދެކޮޅަށް މަސައްކަތް ކުރުމެއް ނޫން. މި ގައުމަށް ބޭނުމީ ކަންތައްތައް ހެޔޮމަގަށް އިސްލާހު ކުރާނެ ބަޔަކު. ގައުމުގެ ހުންގާނު ލިބުނީމާ ބޭނުންހާ މިސްރާބަކަށް ގައުމައިގެންދިއުން ހުއްޓުވަންވީ

  2. Rayyithun veriaku hovanee fas aharah, adhi miulhenee thin mas ves nuvegen. Sarukaaru javaabu dhaaree kuruvan masaikkaiy kurumakee onna kameiy. Namaves mi fennanee avas speed ga kanthah dhaathee mikan hajam nuvegen thelhi folhey than.

Leave a Reply to މަންމަނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް