ކޯވިޑް-19 އަށް އުފެއްދި ވެކްސިންތަކުން ނުކުންނަ ސިއްހީ ނުރައްކާތައް ވަރަށް ބޮޑު!

Loading

Facebook
Twitter
WhatsApp

އެމްއާރްއެންއޭ-ބޭސްޑް ކޯވިޑް ވެކްސިންތަކުން ކެންސަރުގެ އިތުރުން ސިއްހީ ބޮޑެތި ނުރައްކާޓަކެއް ކުރިމަތިކުރާކަމަށް ބުނެ އެތަކެތި ވިއްކުމާއި ބޭނުންކުރުން ވަގުތުން ވަގުތައް ހުއްޓާލުމަށް ފްލޮރިޑާގެ ސާޖަން ޖެނެރަލް ޑރ. ޖޯސެފް ލަޑާޕޯ ގޮވާލައިފިއެވެ. 

”އެވެކްސިންތަކަކީ އިންސާނުން ބޭނުންކުރަން އެންމެ ރަންގަޅު ވެކްސިންތަކެއް ނޫން.“ އޭނާ ބުނެފައިވެއެވެ. 

ލަޑާޕޯ ބުނީ، ފައިޒާ އަދި މޮޑާނާ ވެކްސިންގެ ކޮންމެ ޑޯޒެއްގައި އެތައް ބިލިއަން ޑީއެންއޭ ފްރެގްމެންޓްތައް އެކުލެވޭކަމަށާއި، އޭގެ ސަބަބުން ވެކްސިންގެ ރައްކާތެރިކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. އަދި މި ސުވާލުތަކަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އަދިވެސް ޖަވާބެއް އަރުވާފައިނުވާކަން ފާހަގަކޮށް ލަޑާޕޯ ބުނީ އެކަން ސާފުކޮށް ނުދެވޭނަމަ އިންސާނުންގެ ގަޔަށް މިވެކްސިން ޖެހުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭކަމަށެވެ. 

މިގޮތަށް ޑީއެންއޭގެ ބައިތައް އެކުލެވޭ ވެކްސިންތަކުގެ ސަބަބުން، ވެކްސިނުން ޓާގެޓުކުރަން ބޭނުންނުވާ ގުނަވަންތަކަށް އޭގެ އަސަރުކޮށްފާނެކަމަށާއި، ހިތާއި، ސިކުންޑިއާއި، ފުއްޕާމެއާއި، ވެކްސިން ޖަހާ ތަނަށްވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ. 

މަސައްކަތުގެ ދާއިރާއިން ނޯބެލް ޕްރައިޒް ހޯއްދަވާފައިވާ މަޝްހޫރު ވައިރޮލޮޖިސްޓެއްކަމަށްވާ ޕްރޮފެސަރ ލޫކް މޮންޓެނިއާ މީގެކުރިން ވަނީ ކޯވިޑް ވެކްސިންގެ ނުރައްކަލުގެ އިންޒާރު އެތައް ފަހަރެއްގެ މަތިން ދީފައެވެ. ކުޑަކުދިންގެ ގަޔަށް ވެކްސިން ޖެހުމަށް ސިއްހީ ވުޒާރާތަކުން މަޖުބޫރުކުރުވަމުން ދިޔުމާއެކު، އޭނާވަނީ އެކަމާއި ނުރުހުން ފާޅުކޮށް، އޭނާ ބުނީ އެއީ ކުރިއަށް އަންނަން އޮތް ޖީލުތަކަށް ދެވޭ ގެއްލުމެއް ކަމަށެވެ.

”މީގެއިން ނުކުންނާނެ ނަތީޖާތަކަކީ ސާފުވެފައި އިތް ކަންކަމެއް ނޫން. ދުރު މުސްތަގުބަލުގައި ނުކުންނާނެ އަސަރުތައް އަހަރެމެންނަކަށް ނޭނގޭ. އެހެންވީމާ، ”ވެކްސިން ޖެހުން މަޖުބޫރޭ“ ބުނުމަކީ މޮޔަކަމެއް. އަހަރެން މިކަމާ މުޅިން އިދިކޮޅު.“  މޮންޓެނިއާ ބުނެފައިވެއެވެ. 

މޮންޓެނިއާ ބުނީ ވެކްސިންގައި އެކުލެވޭ އާރްއެންއޭގައި ”ޕްރިއޮން“ ސީކުއެންސްތަކެއް އެކުލެވޭކަމަށާއި، އޭގެ ސަބަބުން އިންސާނާގެ ސިކުނޑީގައި ގުދުރަތީގޮތުން އުފެދޭ ޕްރޮޓީންތަކުގެ މަސައްކަތަށް ބުރޫއު އަރާފާނެކަމަށެވެ. އަދި މީގެ ފަސް އަހަރު ނުވަތަ ދިހަ އަހަރެއްހައި ދުވަހުގެ ތެރޭގައި ނާރުތަށް ހަލާކުކޮށްލާފަދަ ނިއުރޯ ޑިޖެނެރެޓިވް ބައްޔެއް ދެން އޮތް ޖީލުގެ ތެރޭގައި އުފަންކުރުވަފާނެކަމަށެވެ. 

ސިއްހީ މާހިރުން މިގޮތަށް ލަފާދެމުންގެންދާއިރުވެސް، ސިޔާސަތު އެކުލަވާލައި، ވެކްސިން ފާސްކުރުމާއި ހަވާލުވެ ތިބި ސިއްހީ ވުޒާރާތަކުން ގޮތް ނިންމަނީ މުޅިން ތަފާތު ގޮތަކަށެވެ. ބަލިމީހުންނަށާއި، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޖަވާބުދާރީ ވާންޖެހޭ ސިއްހީ ހިދުމަތްތެރީން މީގެ ސަބަބުން ތިބެން މިޖެހެނީ ވާނުވާގައެވެ. އާންމުންނެކޭ އެއްފަދައިންނެވެ.

Loading

2 Responses

  1. Thihuriha huthi thajuribathakeh miharu ethah dhivhinneh dhany thahamal kuramun….huri biruverikamuge kolheh medheh ves thivee gothun neygeyne…nukamethi muskulhin doctor dhahkalairah ebunani naaruthah himavanihyye… Mee hama majuboorukohgen hageegaiy nubala vaccine dhineema vamundha goiythah…

  2. ވެކްސިންއެއް ހަދާ އެ ތަޙުލީލުކޮށް މީހުންގެ ގަޔަށް ކޮއްޕަން 4 އަހަރު ނަގަޔޯ. މިކަން ހަމަ ރަނގަޅަށްވެސް ސިއްޙީދާއިރާގެ ތަޖުރިބާ ކާރުންނަށް އެނގޭ. އެހެނަސް އެމީހުންވެސް ހައްޕު ކިޔައިގެން އެ ވެކްސިންތައް ތެޅިއިރު ތިބީ ނޫންތޯއެވެ. ދެން މިހާރު މިވާހަކަ ދެއްކުމަކުން ކުރާނީ ކީއްތޯއެވެ. ބިލްގޭޓްމެން އެތިބީ ހަދާލައިގެނެވެ. އެ ޖަރީމާގައި އެންމެބޮޑު ރޯލެއް ކުޅުނީ ވޯލްޑް ހެލްތުން ނޫންތޯއެވެ. ދެރަކަމުގެ ކޮޅެއް ނެތެވެ.

Leave a Reply to Hiraa Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް