ކަމެއް ނުނިމިގެން ރައްޔިތުން ކައުންސިލުގެ ދޮރުގައި ޓަކިޖަހަންޖެހޭ ޖެހުން ނިމުނީ: އައު މޭޔަރު

Loading

Facebook
Twitter
WhatsApp

ކަމެއް ނުނިމިގެން އާންމު ރައްޔިތުން ސިޓީ ކައުންސިލުގެ ދޮރުގައި ޓަކިޖަހަން ނުޖެހޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރައްވައި އިންތިޚާބުވެވަޑައިގެންނެވި އާޒިމް ރޭ މަގާމުގެ ހުވާކުރެއްވުމަށްފަހު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެއްވެސް ރައްޔިތަކާމެދު ކައުންސިލުން ފަރުވާކުޑަ ނުކުރާނެ ކަމަށާއި ރައްޔިތުންގެ ހައްގުތައް އަދާކޮށްދިނުމަށް ކައުންސިލުން ޚާއްސަ އަހަންމިއްޔަތު ކަމެއް ދޭނެ ކަމަށެވެ.

“ދެން މީހުން ސިޓީތަކަށް ޖަވާބު ނުލިބިގެން ކަމެއް ނުނިމިގެން ސިޓީ ކައުންސިލުގެ ދޮރުގައި ޓަކިޖަހާކަށް ނުޖެހޭނެ.“

އާޒިމް މޭޔަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލުގެ ބައެއް ޕްރޮޖެކްޓްތައް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފައެވެ.

އާޒިމް މިއަދު ވަނީ ގާނޫނާ ޚިލާފަށް ރައީސް އޮފީހުގެ މިނިސްޓަރުން ވަންނަވައިގެން ކައުންސިލުގެ މަސައްކަތްތައް އަތުލަން ކުރައްވާ މަސައްކަތްތައް ހުއްޓާލުމަށް ވެސް ގޮވައިލައްވައިފައެވެ.

އާޒިމް ފާހަގަކުރެއްވި ކަންކަން:

މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފުލުހުންނާ މަޝްވަރާ ކުރާނަން.

މަގުތަކުގައި ކުދި ތަންތަން ހަދައިގެން ވިޔަފާރިކުރާ މައްސަލަ ބަލާނަން.

މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކުރިއަށް އޮތް 6 މަސްތެރޭގައި ކަނޑައަޅާނަން.

Loading

3 Responses

  1. ޖައްވު ސާފުކޮންމެރެއަކުވެސް އުޑަށް ނަޒަރު ހިންގައިލާށެވެ. އެހެންޏާ ނުފެންނަ ތަރިއެއް ފެނޭތޯ؟ ނުފެންނާނެ ކަން ޔަޤީނެވެ. އާ ތަރިއެއް ނެތެވެ. ކޮންމެ ރެއަކުވެސް އަރައި އޮސްފުހެނީ ހަމަ އެއްތަރި ތަކެކެވެ.

  2. އާޒިމު މަނިކުފާނު މިވަގުތު ތިޔަނިސްބަތް ވެވަޑާއިގެންފައިވާޕާޓީގަ ކަމުގައިވާނަމަ ކައުންސިލުގެ ދޮރުގައި ޓަކިނުޖަހައި ދެވިދާނެބާ ވޭތުވިދުވަސްތަކުގަ އެންޑީޕީގެ ދެމޭޔަރުން ކައުންސިލާއިހަވާލު ވިއިރުވެސް ރައިޔަތުން ކައުންސިލު ދޮރުގަ ޓަކިނުޖަހާވަރެއް ނުވޭ އެންޑީޕީ އަކީބަހާއި އަމަލުދިމާވާބަޔަކު އުޅޭ ބަޔަކު އުޅޭޕާޓީއެށް ކަމަކަށް ނުބެލެވޭ މޭޔަރ އާޒިމު ތިޔަޕާޓީ ގައުޅެންޏާ މަނިކުފާނުވެސް މަގުފުރެދިދާނެ ވަގުތު އޮއްވާ އަވަށް ސަލާމތްވޭ

  3. ކައުންސިލް ދޮރުގައި ޓަކިޖެހުން ނުހުއްޓުވާށެވެ. އަޅުގަނޑުމެންނަށް އުނދަގޫ ވާ ކަންތައްތަކައިގެން ގޮސް ޓަކިޖެހޭ ގޮތަށް ބާއްވަވާށެވެ. އެއްވެސް އިދާރާއެއްގެ މުއައްޒަފުންނަކީ އަޅުގަނޑުމެންގެ ހުރިހާ ޝަކުވާތައް ދެނެގަނެވޭފަދަ ބަޔަކަށް ނުވާނެއެވެ. އަޅުގަނޑުމެން ބުނަންޖެހޭ ބައިވަރު ކަންތައް ހުންނާނެއެވެ. ކުޑަކުޑަ މިސާލަކަށް އަލި އަޅުވާލާނަމެވެ. މާލޭގެ މަގުތަކުގައި ޕާރކިން ސްލޮޓް ވިއްކާފައިވާ ފަރާތްތަކުގެ ތެރޭން ބޭނުންވާ ބަޔަކަށް އެއްބަސްވުމުގެ މުއްދަތަށް އެއްފަހަރާ ފައިސާ ދެއްކޭނެގޮތް ހަދައި ނުދެވެންވީ ސަބަބަކީ ކޮބައި ހެއްޔެވެ. އެކަމަކު އެކަމެއް ނުވެއެވެ.
    ތިޔަ ބޭފުޅާގެ ހިންގުންތެރިކަންހުރި މިންވަރެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެނގިދާނެތާއެވެ. ރައްޔިތުންނަށް ބޭނުންވާގޮތަށް ކަންތައް ކޮށްދެއްވައިފިނަމަ އޭގެ އިނާމުވެސް ލިބޭނެއެވެ. ހަނދާން ބަހައްޓަވާށެވެ. ރައްޔިތުން ބޭނުންވާ ގޮތާއި ސަރުކާރުން ބޭނުންވާ ގޮތް ތަފާތު ވެދާނެއެވެ.

Leave a Reply to އަލިފު ޙާ! Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް