ޔާމީން މިނިވަންކުރުން ލަސްކުރާކަމަށް ތުހުމަތު ކުރައްވައި ޖަމީލުގެ ވަރުގަދަ އިންޒާރުތަކެއް

Loading

Facebook
Twitter
WhatsApp

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިނިވަންކުރުން ލަސްކުރާކަމަށް ތުހުމަތު ކުރައްވައި އެމަނިކުފާނުގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު ސަރުކާރަށް ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ.

ރައީސް ޔާމީން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ޖަމީލު ވިދާޅުވީ ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވަނީ ނުހައްގުން ކަމަށާއި އިސްތިއުނާފު ނިމި އެތައް މަހެއް ފާއިތުވެ މައްސަލަ ދިގުލައިގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ފިކުރު ފަނޑުކޮށް ނުލެވޭނެ ކަމަށާއި ޖަލުގައި ނުބެހެއްޓޭނެ ކަމަށެވެ.

“ސާފުކޮށް މި ދަންނަވަނީ ޖުޑިޝަރީއަށް ވަރަށް ސާފު ސަރީހަކޮށް ސަމާސާ ކުރައްވަން ނޫޅުއްވާށޭ! ކެތްތެރިކަން ވަކި ވަރަކަށޭ އޮންނާނީ. އަޅުގަނޑުމެން ތެދުވާނަމޭ. އިހުތިޖާޖު ކުރަން ޖެހިއްޖެއްޔާ އިހުތިޖާޖު ވެސް ކުރާނަމޭ. މަގުމައްޗަށް ވެސް ދާނަމޭ.“

ރިޔާސީ ކެމްޕޭޭނުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް މުޢިއްޒު ވެވަޑައިގަތީ ބަހާއި އަމަލު ދިމާނުވާ ބޭފުޅަކަށް ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވަނީ މާތްﷲ ގެ އަޒާބަށް ބިރުވެތި ވުމަށާއި އަނިޔާ ލިބިގެންވާ މީހާގެ ދުއާއަށް ބިރުގަތުމަށް ސަރުކާރަށް ގޮވައިލައްވާފައެވެ.

Loading

2 Responses

  1. މައްސަލަޔަކީ ޖަމީލުވެސް ދެ އަނގައިން ރައްޔަތުންނާ ވާހަކަ ދައްކަވާ ކަމެވެ. އެހެނީ ރައީސް ޔާމީނުގެ ވެރިކަން ދުއްވާލުމަށް މމޕރސ ވަގުންނާއިއެކު އިނގިރޭސިވިލާތުގައި އެ ސަކަރާތް ޖެއްސެވި ކަމެވެ. އެ ނޫންނަމަ (ނަމަޔަކުން ކެއްކޭނެ ރިހަޔެއްވެސް ނޯންނާނެއެވެ) ރައީސް ޔާމީނުގެ ވެރިކަން 2018 ބީވެގެން ނުދިޔައީއްސެވެ. މިހާރުވެސް ޖަމީލަށް ޓްރަސްޓް ނުކުރާ އެހެނަސް ރައީސް ޔާމީނުގެ ވަރަށްގިނަ ސަޕޯޓަރުންނާއި އެބަ ދިމާވެއެވެ. މަވެސް ބޭނުން ރޔ އަވަހަށް މިނިވަންވެ ކިފެއްޓުނު ކުޅިގަންޑު ހަމަޔަކަށް އެޅިގެން މުއިއްޒުގެ 5 އަހަރު ނިންމާލެވޭތޯ ހަމަޖެހިލަން.

Leave a Reply to މުޙައްމަދު ޒާހިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް