އިޒްރޭލުން ގެންދަނީ އިރާނަށް ހަމަލާދެމުން ކަމަށް ނަތަންޔާހޫ ބުނެފި

Loading

January 20, 2024
profile
Facebook
Twitter
WhatsApp

އިޒްރޭލުން އިރާނަށް ޓާގެޓުގޮށް ހަމަލާދެމުން ގެންދާކަމަށާއި، އެގައުމުން ނިއުކްލިއަރ ހަތިޔާރު ހޯދުން ހުއްޓުވުމަށްޓަކައި އެޅެން އޮތް ހުރިހައި ހުރަހެއް އަޅަމުން ގެންދާކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. 

ސީދާ އިރާނަށް ހަމަލާ ނުދެނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ނަތަންޔާހޫ ބުނީ، އިރާނަށް ހަމަލާ އެބަދޭ ކަމަށެވެ. 

”ކާކުބުނީ އިރާނަށް ހަމަލާ ނުދެޔޭ. މިގެންދަނީ އިރާނަށްވެސް ހަމަލާ ދެމުން.“ އޭނާ ބުނެފައިވެއެވެ. 

ހަމާސްއިން ޣައްޒާއާއި ވީފަޅިން އިޒްރޭލުން ހިޞާރުކޮށްފައިވާ ފަލަސްތީނުގެ ބިމަށް އަރައި، 1200 މީހުން މަރާލައި، ގިނަބަޔަކު އަސީރުކޮށް އޮކްޓޯބަރު 7ގައި ދިން ހަމަލާގެ ފަހަތުގައި އިރާނުގެ އަތެއްވާކަމަށް އިޒްރޭލުން ތުހުމަތުކޮށްފައިވާއިރު، ހަމަލާގެ ޖަވާބުގައި އިޒްރޭލުން މެދުކެނޑުމެއްނެތި އަންނަނީ ފަލަސްތީނުގެ އެކި ހިސާބުތަކަށް ބޮމުގެ ހަމަލާތައް ދެމުންނެވެ. މިގޮތުން، ހަމާސް ނައްތާލުމަށް ކަމަށްބުނެ އިޒްރޭލުން ދެމުންގެންދާ މި ހަމަލާތަކުގައި ފަލަސްތީނުގެ 30،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލިއިރު، މީގެތެރޭގައި ގިނައީ ކުޑަކުދީންނެވެ.

އިރާނުން ”ފައިސާއާއި، ހަތިޔާރާއި، ޓެކްނޮލޮޖީ އަދި މައުލޫމާތު“ ގެ ގޮތުން ހަމާސް މުޖާހިދުންނަށް އެހީތެރިވާކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. އަދި އިރާނުން އެހީތެރިވާ މުޖާހިދުންގެ ގުރޫޕުތަކުގެ ތެރޭގައި ހިމެނެނީ ހަމާސް އެކަނި ނޫންކަމަށާއި، މީގެތެރޭގައި ހަމާސްގެ އިތުރުން، ހިޒްބުﷲ އާއި، ހޫތީންވެސް ހިމެނޭކަމަށް އިޒްރޭލުން ބުނެއެވެ. 

”އިރާނަކީ ބޯވާގެ ބޯ. އޭގެ ފައިތަށްވަނީ ހޫތީންނާއި، ހަމާސްއާއި، ހިޒްބުﷲ ފަދަ ޖަމާއަތްތަކުގެ ވަށައިގެން އޮޅާލެވިފައި.“ ނަތަންޔާހޫ ބުނެފައިވެއެވެ. 

Loading

One Response

Leave a Reply to މަންމަނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް