ބައެއް އާދަކާދައާއި، ސަޤާފަތާއި މަޢުނަވީ ތަރިކަ
ކޮންމެ ޖީލެއްގެގައިވެސް އަދި ކޮންމެ ޒަމާނެއްގައިވެސް، އެއިރަކު އެތަނެއްގައި ދިރިއުޅޭ ބަޔަކު، އުޅޭނެ ގޮތާއި، ކުރާނެކަމަކާއި، ހިނގާނެމަގު ދައްކުވައި ދީފައިވަނީ، އެތަނެއްގެ ދިރިއުޅެފައި ދިޔަބައެއްކަން ކަށަވަރެވެ. އެކަކަށްވެސް އެމީހަކު އެކަނި ދުނިޔޭގައި ހުންނަން ޖެހުނުނަމަ، އެއްވެސްކަމެއް އެމީހަކަށް ނޭނގޭނެ ފަދައިންނެވެ.
އެހެންކަމުން ދިވެހި ކާބަފައިން ދޫކޮށްފައިދިޔަ ތަންތަނާއި ކަންކަމާއި ތަކެއްޗާއި، ވާހަކަދެއްކި ބަހާއި ބަހުރުވައާއި، އާދަކާދައާއި ސަޤާފަތަކީ، ކާބަފައިންގެ ތަރިކަ މުދަލެވެ. ނުވަތަ ޤައުމީ ތަރިކައެކެވެ. އެ ތަރިކާއިގެ ވާރިޘުންނަކީ، އެހިނދަކު ޤައުމުގައި ދިރިއުޅޭ ދިވެހިދަރީންނެވެ.
އެހެންކަމުން އެހިނދަކު ދިރިއުޅޭ ބައެއްގެ އެންމެ ބޮޑު ވާޖިބަކާއި އަމާނަތަކަށް ވާންވީ، އެއަމާނަތް، ކާބަފައިން އަޅުނގަޑުމެންނާ ޙަވާލުކުރި ގޮތުގައި، އެއަށް އުނިކަމެއް ލިބުނަނުދީ، އަންނައޮތް ޖީލުގެ ދަރީންނާ އަމަނާތްތެރި ކަމާއިއެކު ޙަވާލުކުރުންކަން ކަށަވަރެވެ.
އެހެންކަމުން، އަޅުނޑުގެ އުމުރުން ހޭދަވެފައިވާ 77 އަހަރުގެ ތެރޭގައި އަޅުނގަޑު ގެ ހަނދާނުގައިހުރި ހުރުމުގެ އިތުރަށް، ޢުމުރުން ދުވަސްވެ ތަޖުރިބާ ލިބިވަޑައިގެންތިއްބެވި، އަތޮޅުގެ މުޝްތަސާރު، އޮމަދޫ ކަލޭފާނާއި، ބުރުނީ ދޮންކަލޭގެފާނާއި، ކިނބިދޫ ޢަބްދު ﷲ ކަތީބުގެ އިތުރަށް، އަޅުގަނޑެ ބައްޕައާއި، ވިލުފުށީ މުދިމް ޙަސަން ކަލޭގެނގެފާނާއި، އިބްރާހިމް ރަޝީދު ކަތީބާއި، މަޙައްމަދު ބުސްރީބެއާއި، ބޮޑުބޭބެގެ ކިބައިން، އެ މީހުން އުމުރު ފޯރިހިސާބުންނާއި، އެމީހުންނަން އޭގެކުރީގެ މީހުންގެ ފަރާތުން ލިބިފައިވާ ވަރަށްގިނަ މަޢުލޫމާތު އަލުނގަޑު ލިޔެ އެއްކުރީމެވެ.
މިގޮތަށް މިމަޒުމޫނުގައި ހިމަނައިލާން އަލުނގަޑު ޤަސްތުކުރަނީ، ތަރިކަ ބެހިގެންވާ މައިގަނޑު ދެބައިގެ ތެރެއިން، މަޢުނަވީ ތަރިކަ ކަމުގައި ބެލެވޭ ކަންތަކުގެ ތެރެއިން، ވިލުފުއްޓަށް ނިސްބަތްވާ ކަންކަމާއި އާދަކާދައާއި ބަހާއި ބަހުރުވައިގެ ތެރެއިން މިންވަރެކެވެ.
ދޫދޫމަތީން ލިބިފައވާ ފުލޯކުވާހަކަތަށް ބަޔާނެއް ނުކުރަމެވެ. އެއީ ކާބަފައިން ޒަމާނުގައި ކުރިކަމަށް ބުނެއުޅޭ އެފަ ދަވަހަކަތަކަކީ، ހަޤިޤަތެއް ކަމުގައި ޤަބޫލުނުކެރެވޭތީ އާއި، ޙަޤީޤަތެއްނެތް ވާހަކައެއް ފެތުރުމަކީ، ރަނގަޅު ކަމަކަށް ނުވާތީއެވެ.
ކޮންމެ ރަށަކަށް ނިސްބަތްވާ ގޮތުން އެފަދަ ކޮސްކަންތައް ހިނގައިފައިވާ ކަމަށް ކާބަފައިން ބުނެފައިވެއެވެ. އެފަދަ ކަންތައްތައް ނެރެ ހާމަކުރަން، އަބަދުވެސް ”އަރުވައިޖަހައިގެން“ ދުވާބަޔަކު ކޮންމެ ޒަމާނެއްގައިވެސް އުޅޭނެކަމަށް ބުނެފައިވެއެވެ. ނަމަވެސް އެފަދަ ކަންކަމާއިމެދު ރައްކާތެރިވުމަކީ، އެޖީލެއްގެ އަމާނަތަކަށް ނޫނީ ނުވާނޭކަން ކަށަވަރެވެ.
އެހެންކަމުން އަޅުނގަޑު ސިފަކުރަނީ، ޙުސައިން ޞަލާޙުއްދީނު ވިދާޅުވެފައިވާ ”ބުއްދިޔާއި ފިކުރު ނެތިއްޔާ ޢިލްމަކުން ކުރާނެ ފައިދާއެއްނެތޭ“ މި ބަސްފުޅުގެ މުރާދަށެވެ.
ލިޔުއްވީ: އިސްމާޢީލު ޝަމީމު. ފެބްރިކްވިލާ. ތ-ވިލުފުށި
2 Responses
ވަރަށް ތާރީޚީ ފޮޓޯއެއް ތިދެއްކެވީ. އޮމަދު އާދަމް ކަލޭފާނައި ކުރީގެ ރައީސް މައުމޫނު ޢަބުދުލް ގައްޔޫމް. ބެސްޓް!
އޮމަދޫ ކަލޭފާނަކީ ނަޒާކީ ޒަކީ ގެ ބައްޕާފުޅުދޯ؟ މައުމޫނުގެ ސިޔާސީ ބޮޑު ބާރުވެރިޔާ. އެހެނަސް މައުމޫނު އެ ޢާއިލާޔަށް ހާދަބޮޑު ލަގާއެކޭ ދިނީދޯ؟ ދުނިޔޭގެ ކަންތައްވަމުންދާ ގޮތް ދެކެބަލާށެވެ.