އިސްރާއީލާއި އެމެރިކާ އަދި އީރާނުގެ ބައިވެރިން ބޮޑު ހަނގުރާމައަކާ ދިމާލަށް

Loading

Facebook
Twitter
WhatsApp

އިސްރާޢީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ޙިޒްބުއްލާ ގެ ކޮމާންޑަރަކު ޝަހީދު ކޮށްލުމާ ގުޅިގެން އިސްރާއީލާއި އެމެރިކާ އަދި އީރާނުގެ މަދަދު ލިބެމުންދާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހަނގުރާމަ ފެށުމުގެ ބިރުވެރި އަލާމާތަތައް ފެންނަން ފަށައިފިއެވެ.

ބިރުވެރި އަލާމާތަތައް ފެންނަން ފަށައިފިއެވެ.

މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ޙިޒްބުﷲ އިން އިސްރާއީލުގެ ވަރަށް މުހިންމު މިލިޓްރީ ޓާގެޓަކަށް ހަމާލާދިނެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ދިން ވައިގެ ހަމަލާގައި ހަމާސް ޖަމާއަތުގެ އިސް ބޭފުޅަކު ޝަހީދު ކޮށްލިއެވެ.

އިރާގުގައިތިބޭ އެމެރިކާ ސިފައިން މިދިޔަ ހަފުތާގެ ތެރޭގައި ދިން ވައިގެ ޙަމަލާތަކެއްގައި އިރާގުގައި ހުންނަވާ އީރާނުން މަދަދު ލިބެމުންދާ ޖަމާއަތެއްގެ ވަރަށް ސީނިއަރ ބޭފުޅަކުވަނީ ޝަހީދު ކޮށްލާފައެވެ. ރެޑް ސީގެ ތެރޭގައި އެމެރިކާގެ ކަނޑު ސިފައިންނާއި ޔަމަނުން ގެންދަނީ ޙަމަލާތައް ބަދަލުކުރަމުންނެވެ.

މިއިން ކޮންމެ ޙަމަލާއެއްގެ ސަބަބުން މިހާރު އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ޙަމަލާތައް ފުޅާވެ މުޅިސަރަޙައްދަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން ދަނީ އިތުރު ވަމުންނެވެ.

 އޮކްޓޯބަރ 7 ގައި ޙަމާސް ޖަމާއަތުން އިސްރާއީލުގެ ތެރެއަށް ވަދެގަތުމުގައި މެދުއިރުމަތީގައި ޙަރަކާތްތެރި ވަމުންގެންދާ ހަނގުރާމަވެރި ޖަމާއަތްތަކުން ބައިވެރި ވާނެކަމަށް އުންމީދު ކޮށްފާއޮތުން އެކަށީގެން ވެއެވެ.

އެމެރިކާގެ ބަސްމަގު ހުންނަގޮތުން ހަނގުރާއަށް އެމެރިކާ ތާއީދެއް ނުކުރެއެވެ. އެކަމަކު އަމަލުކުރަނީ ބަހާ އެއްގޮތަކަށޭ ބުނާކަށް ނެތީމެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކު އޮޅުންބޮޅުންތައް ދަނީ އިތުރު ވަމުންނެވެ. އެއްވެސް އަލިމަގެއް ނުފެނެއެވެ.                                                   

ފަލަސްތީނު ޙަމާސް ޖަމާއަތުގެ ބަހަކީ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ޙަމަލާއަކީ އިސްރާއީލުން ފަލަސްތީނު އަޅުވެތިކޮށްގެން ގެންގުޅުން ގަބޫލު ނުކުރާނެކަން އަންގާދިނުމެވެ. އެއީ ފަލަސްތީން މިނިވަންކުރަން ކުރަމުންގެންދާ ޖިހާދުގެ ބައެއްކަމަށެވެ. އެ ޙަމަލާއަކާއި އީރާން ނުވަތަ ޙިޒްބުﷲ އާއި އެއްވެސް ގުޅުމެއް ނޯންނާނެއެވެ.

އެހެންނަމަވެސް ގައްޒާގައި ދިރިއުޅެމުން ގެންދާ 2.3 މިލިއަން ރައްޔިތުންނާއި މެދު އެއްވެސް ފަރުވާލެއް ނެތި އިސްރާއީލުން 21  ވަނަ ގަރުނުގެ އެންމެ ފަނާކުރުވަނިވި ހަތިޔާރު ބޭނުންކޮށްގެން ޙަމަލާތައް ޙަމާސް ޖަމާޢަތާއި ދެކޮޅަށް ދޭން ފެށުމާއެކު އީރާނާއި އީރާނުން މަދަދު ލިބެމުންދާ އެކްސިސް އޮފް ރެޒިސްޓެންސުގެ ތާޢީދު ޙަމާސް އަށް ލިބި އަދި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ޙާލަތަކަށް ޙާލަތު ބަދަލު ވެގެން މިވަނީ ގޮސްފައެވެ.                      

ފަލަސްތީނު މިނިވަންކުރުމުގެ އަޑު މެދުއިރުމަތީގައި ގުގުމާލާފައިވަނީ މިއަދަކުނޫނެވެ. އިސްރާއީލުގެ ނުރައްކާތެރިކަން ރަނގަޅަށް ތަސައްވުރު ކުރެވޭތީ 1979 ވަނަ އަހަރު އީރާނުން ގެނައި އިންގިލާބަށްފަހު އީރާނުގެ މިލިޓްރީ ބިނާކުރަމުން ގެންދިޔައެވެ.

އީރާނަށް އަތުވެދާނޭ އިތުރު ޢުދުވާނަކުން ސަލާމަތްވުމަށް އީރާނުން ހަތިޔާރު އުފަށްދަން ފެއްޓުން ވެގެންދިޔައީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް ބަލައިގަނެވޭނެ ކަމަކަށް ނޫނެވެ.

އެހެންކަމުން އީރާނަށް ވެވުނުގޮތަކުން ދުއްތުރާ ކުރަން ފެއްޓި އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އެޅީއެވެ. އެހުރިހާ ގިނަ ކުރިމަތިލުން ތަކެއް ގިރާކުރާކޮށް މިއަދު އީރާނުންވަނީ އެމީހުނާއި ޗެލެންޖް ކުރެވޭނެ ފެންވަރުގައި އަމިއްލަ ހަތިޔާރު އުފަށްދައިފައެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމު ޙުސެއިން ފަދައިން، ފަލަސްތީނު މިނިވަންކުރުމުގެ ޖިހާދުން އެކަހެރިވެ އޮންނާކަށް އީރާނުންވެސް ބޭނުމެއް ނުވެއެވެ. އެކަމުގައި ބަސްބުނުމާއި ޢަމަލުން ވަރަށް ސާފެވެ.                                            

ލެބަނަންގައި ހުންނަވާ ޙިޒްބުﷲ ގެ ތަޖްރިބާކާރު ގާސިމް ގާސިރު ވިދާޅުވެފައިވާ ފަދައިން އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތަކުން މެދުއިރުމަތީގައި ހަނގުރާމަ ހިންގާކަށް ބޭނުމެއް ނުވެއެވެ.

އެކަމަކު އިސްރާޢީލުން އެމެރިކާގެ ފުރިހަމަ ބައިވެރިވުމާއި އެކު ދެމުން ގެންދާ ޙަމަލާތައް އަހަރެމެންނަށް އަމާޒުވަމުންދާތީ ދިފާޢުގައި ރައްދު ދޭކަށްވެސް އެބައިމީހުންގެ ރުޙުމެއް ނެތެވެ.

ހަނގުރާމަ ކުރުމެއްނެތި ކޮންމެވެސް ބޮޑު ބަދަލެއް ގެންނަން ހުޅަނގުގެ ގައުމުތަކުން ބޭނުންވާކަމަށް ބުނެއެވެ. އެކަމަކު ކުރިއަށްދާނެ މަގެއް އަދި އެމީހުންނަކަށްވެސް ފެންނާކަށް ނެތެވެ. ހަނގުރާމަ އެދަނީ ފުޅާވެ އެހެން ގަލްފްގެ ސަރަޙައްދުތަކަށް ފެތުރެމުންނެވެ.               

އީރާނުން މަދަދު ލިބެމުންދާ އެހެން ހުރިހާ އިސްލާމީ ޖަމާޢަތްގެ ލަޝްކަރު  ޖަމާޢަތްތަކަށްވުރެން ޙިޒްބު ﷲ އަށް ކުމަތިލާން ޖެހިފައިވާ ޙާލަތު ތަފާތެވެ. މިސާލަކަށް އިސްރާއީލުން ލެބަނަންއަށް ޙަމަލާދީ ބޭނުންމީހަކު ޝަހީދުކޮށްލައި ބޭނުން ތަނެއް ވީރާނާ ކޮށްލުމުންވެސް ޙިޒްބު ﷲ އިން އަޅާނުލާ ތިބެއްޖެނަމަ ބެލެވިގެންދާނީ އެއްވެސް އުރަތްޕެއްނެތް ބަލިކަށި އަދި ނުރައްކަލާ ކުރިމަތިލާން ނުކެރޭ ފިނޑި ބައެއްގެ ގޮތުގައެވެ. މީގެ ކުރިންވެސް ޒައަނިސްޓުންނާއި ކުރިމަތިލުމުގައި ދޫނުދީ ޙިޒްބުﷲ ވަނީ ކާމިޔާބު ހޯދައިފައެވެ.

މިފަހަރު އިސްރާއީލާއި ފަލަސްތީނުގެ ޙަމާސް ޖަމާޢަތުގެެ ހަނގުރާމަ ފެށުމާއެކު އިސްރާއީލާއި ލެބަނަން ގުޅޭ ސަރަޙައްދުގައި އިސްރާއީލުގެ ސިފައިންނާއި ޙިޒްބުﷲ ޖަމާޢަތުގެ މެދުގައި މެދު ނުކެނޑި ޙަމަލާތައް ބަދަލުކުރެވިގެން އެބަދެއެވެ. އެކަމަކު އެޙަމަލާތައް ވަކި ޙުދޫދެއްގެ ތެރެއިން ބޭރުވެގެން ދާކަށް ދެފަރާތުންވެސް ބޭނުން ނުވާކަހަލައެވެ. 

Loading

One Response

  1. ތަޖުރިބާކާރުން ވިދާޅުވަނީ ހަނގުރާމަ ކުރަން ނުކެރޭނެ ކަމަށެވެ. ގެއްލުންވާނީ ދުރުގައި ކުޅިބަލަންތިބި އަރަބިންނަށެވެ. އެންމެ ބޮޑު ގެއްލުން ލިބޭނީ އިސްރާއީލަށެވެ. އެއީ މިވަގުތަށް އެމެރިކާ ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. އެމެރިކާއިން ބޭނުންވަނީ އިރާގު ހަނގުރާމަ ހިންގިގޮތަށް ފުރަތަމަ ހުރިހާ އަރަބި ގައުމުތައް އެމެރިކާގެ ސަފަށް ގެންނާށެވެ. އެކަމަކު މިހާރު ފެންނަ މަންޒަރުން އެކަމެއްވެސް ނުވާނެއެވެ.

Leave a Reply to ކިއުންތެރިއެއް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް