ޑަޗް އިންތިޚާބު: އިސްލާމްދީނާ އިދިކޮޅު ކެނޑިޑޭޓް އިންތިޚާބު ކާމިޔާބުކޮށްފި!

Loading

Facebook
Twitter
WhatsApp

ސިޔާސީ މައިދާނުގައި ތަޖުރިބާކާރު ހަރުކަށި ވާއަތުގެ ސިޔާސީ ޝަޙްސެއްކަމަށްވާ، ޚީރްތް ވިލްޑާސް ނެދަލެންޑްސްގެ ބޮޑުވަޒީރު އިންތިޚާބު ކާމިޔާބުކޮށްފިއެވެ. 

މަޖިލީހުގައި 25 އަހަރު ހޭދަކުރުމަށްފަހު، ވާއަތުގެ ކޯލިޝަނަށްވުރެ 37 ގޮނޑި އިތުރަށް އޭނާގެ ފްރީޑަމް ޕާޓީ (ޕީވީވީ) އިން ކާމިޔާބުކުރާނެކަމަށް ބެލެވެއެވެ.  

”ޕީވީވީއަށް ދެން ސަމާލުކަން ނުދީ ދުލެއް ނުކޮށްލެވޭނެ. އަހަރެމެން ވެރިކަން ކުރާނަން!“ އޭނާ ބުންޏެވެ.

ވިލްޑާސްއަށް ލިބުނު މޮޅަކީ ޑަޗް ސިޔާސީ މަސްރަހު ގުޑުވައިލި މޮޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، އޭގެ އަސަރު މުޅި ޔޫރަޕަށް ވެސް ކުރާނެކަމަށް ބެލެވެއެވެ.

”އެންމެންގެ ބޮޑުވަޒީރަކަށް“ ވުމަށް އޭނާ ވީ ވައުދު ފުރިހަމަކުރުމަށްޓަކައި އެހެން ޕާޓީތަކުން ވިލްޑާސްއާއި އެކު ކޯލިޝަން ހެދުމަށް އެއްބަސްކުރުވަން އޭނާ ޖެހޭނެއެވެ. އެގޮތުން، އޭނާގެ މަގުސަދަކީ 150 ގޮނޑީގެ މަޖިލީހުގައި އޭނާގެ ފަރާތުން 76 ގޮނޑި ކާމިޔާބުކުރުމެވެ.

މުސްލިމުންނާއި ދެކޮޅަށް ނަފުރަތު ފެތުރުމަކީ ވިލްޑާސްފަދަ ހަރުކަށި ވާއަތުގެ ސިޔާސީވެރިން އިސްވެތިބެ ކުރާ މަސައްކަތެކެވެ. މިކަމުގައި އެމީހުން ގެންގުޅޭ އުކުޅަކީ މުސްލިމުންނާއި ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރައި، ތަންދޮރު ނުދަންނަ މަދު ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަނީއެވެ.

މިފަދަ ސިޔާސީވެރިންގެ ސަބަބުން ޔޫރަޕުގެ ގައުމުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މުސްލިމުން ތިބެނީ ބިރުވެރިކަމެއްގެ މަތީގައެވެ. ނަމަވެސް ހިތާމައަކީ، މުސްލިމުންނަށް އެއްބާރުލުންދީ ސަޕޯޓުކުރާނެކަމަށް ބުނެ ވެރިކަމަށް އަންނަ ވެރީން ވެސް މުސްލިމުންނަށް ރައްކާތެރިކަމާއި ހިމާޔަތްދީ އެމީހުންގެ ގައުމުގައި އަމާންކަމާއެކު ދިރިއުޅުމުގެ މަގު ފަހިކޮށްދޭން މަސައްކަތް ނުކުރާކަމެވެ.

 މުސްލިމް ވެރީން ގެންނަ ސަރުކާރުތަކުން ވެސް އެ މީހުންގެ ގައުމުތަކަށް މާލީ މަންފާ އަންނާނެ މަގުތަކަށް ބަލައި، ސަމާލުކަން ދެނީ އިގުތިސާދީ މަންފާ ގެނުވާ ކަންކަން ކުރިއެރުވުމަށް އެކަންޏެވެ. އެ މީހުންގެ ގައުމުތަކުގައި އަޅުވެތިވެ ދަތި ހާލުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުން އިސްކޮށް އެމީހުންނަށް އެއްބާރުލުންދީ ވާގިވެރިވުމަށް އިސްލާމްދީނުގައި ބާރުއަޅައި ވާޖިބުކުރުވާފައި ވީނަމަވެސް އެވެ.

މާތްރަސްކަލާނގެ ދެއްވި ވެރިކަމަކާއި ބާރަކާއި ނުފޫޒުގެ މަތީގައި ތިބެ ކުރި މަސައްކަތާއި ގުޅޭގޮތުން އެވެރީންނާއި ސުވާލުކުރެވޭނެ ދުވަހެއް ނާންނާނެކަމަށް އެމީހުން ހީކުރާ ހީކުރުމަކީ މި މާއްދީ ދުނިޔޭގެ ބަލިކަށި ފިކުރެކެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް