ނޫސްވެރިކަމުގެ އިނާމުގެ މެއިން ޕާޓްނަރަކަށް "ދިރާގު"

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މީޑިއާ ކައުންސިލްގެ “އިނާމުގެ“ މެއިން ޕާޓް ނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ ”އިނާމު ދިނުން“ ބާއްވަނީ މިރޭގައެވެ. މި ހަފުލާގައި 12 ކެޓަގަރީ އަކުން އެންމެ މޮޅު ނޫސްވެރިން ހޮވާނެއެވެ. އަދި ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑް “ ޖާނަލިސްޓް އޮފް ދަ އިޔާ“ މި އެވޯޑް ދޭނެއެވެ. މި އެވޯޑަކީ ވޯޓާސް އެސްއެމްއެސް އަށް ބަލާ ދޭ އެވޯޑެކެވެ. މި އެ ވޯޑަށް ނޮމިނޭޓް ވެފައިވާ ނޫސް ވެރިންނަކީ:

ޢަލީ ޔާމީން – ވަންއޮންލައިން

އަހުމަދު ނާއިފް-ދައުރު

ޢާސިމާ ނިޒާރު – މިހާރު

ލައިޝާ އަހުމަދު – ރާއްޖެ ޓީވީ

މި އެވޯޑް ހަފުލާއަކީ ކޮންމެ އަހަރަކު ވެސް އެމްއެމްސީން ބާއްވާ އެވޯޑު ހަފުލާއެކެވެ. މި އެވޯޑުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ނޫސްވެރިން ކުރަމުން ގެންދާ މަސައްކަތުގެ އަގުވަޒަންކޮށް އިނާމު ދިނުމެވެ. އެގޮތުން ޕްރިންޓް، ބްރާޑްކާސްޓް، އަދި ޑިޖިޓަލް ނޫސްވެރިކަމުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ފީޗާ ރިޕޯޓިން، އިންވެސްޓްގޭޓިވް ޖާނަލިޒަމް އަދި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ސޯޝަލްރިޕޯޓިން ފަދަ ކެޓަގަރީތަކުން އިނަާމު ދިނުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް